ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ކޮމްޕިއުޓަރ ޓެކްނީޝަން)

މަޤާމް:                  ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރ:            J299021

ބޭނުންވާ ޢަދަދު:             1 (އެކެއް)

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:              ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:         އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 1

ވަޒީފާ އަދާކުރަންޖެހޭ ތަން:        ޝަމްސުއްދީން ސްކޫލް/ ސ.މީދޫ

މުސާރަ:                   -/4465ރ.

ސަރވިސް އެލަވެންސް:          -/1500ރ.

އެހެނިހެން އެލަވެންސް:          1. ސަޕޯޓިންގ ކޯ އެލަވެންސް 2، މަހަކު -/700ރ.

                      2. ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

                      3. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

                      4. ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި އެންމެހާ ކަންތައް ކިޔަވައި ދިނުމަށާއި އެހެނިހެން ޚިދުމަތްތައް ދިނުމަށް ދަތިނުވާނެގޮތެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން

2. ސްކޫލްގެ ކޮމްޕިއުޓަރ ސިސްޓަމްތައް މުވައްޒަފުންނަށް ދަތިނުވާނެހެން ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް އެއްވެސް މައްސަލައެއްނެތި ބޭނުންކުރެވޭކަން ޔަގީން ކުރުން

3. ސްކޫލްގައި ބޭނުންކުރާ ޕްރޮޖެކްޓަރތައް މަސައްކަތްކުރާ މިންވަރު ބަލާ ޕްރޮޖެކްޓަރ ތަކުގެ ސެޓަޕް ހަދާ ބޭނުންކުރެވޭގޮތަށް ބެހެއްޓުން

4. ސްކޫލްގައި ބޭނުންކުރާ ޕްރިންޓަރތައް ރަނގަޅަށް މަސައްކަތްކުރޭތޯ ބަލާ މުވައްޒަފުންނަށް ނެޓްވޯކް މެދުވެރިކޮށް ޕްރިންޓްކުރެވޭނެގޮތް ހެދުން. އަދި ޕްރިންޓަރގެ ޓޯނަރ ހުސްވުމުން، ސްޓޮކުން ތަކެތި ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ސްޓޮކުން ޓޯނަރ ހޯދުމަށްފަހު ޕްރިންޓަރަށް ލައްވާ ޕްރިންޓްކުރެވޭނެގޮތް ހެދުން

5. ކޮމްޕިއުޓަރ، ލެޕްޓޮޕް، ޓީ.ވީ ޕްރޮޖެކްޓަރ ފަދަ ތަކެތި ބެލެހެއްޓުމަށް ޗެކްލިސްޓެއް ހަދާ ދިމާވާ މައްސަލަތައް ބެލުމަށްފަހު އެމައްސަލަތައް ޙައްލުކޮށް ބޭނުންކުރެވޭނެގޮތް ހެދުން

6. އެއްތަނުން އަނެއްތަނަށް ތަކެތި ބަދަލުކުރާއިރު މިތަކެތީގެ ތެރެއިން ހަލާކުވެފައިވާ ތަކެއްޗާއި ތަކެތި ބަދަލުކުރާތަން އިންވެންޓްރީއާއި ޙަވާލުވެ ހުންނަ މުވައްޒަފަށް ދިނުން

7. ހުރިހާ އައި.ޓީ މެޝިނަރީއާއި އިކުއިޕްމެންޓްތައް ފޮޅާ ސާފުކުރުން

8. އައި.ޓީ އާއި ގުޅޭ ތަކެތީގެ ތެރެއިން ހަލާކުވެ ނުވަތަ ބޭނުންނުކުރެވޭ ޙާލަތުގައިވާ ތަކެތީގެ މަޢުލޫމާތު ނަގާ އެތަކެތި ނީލަން ކިޔުމަށްޓަކައި އެއާއި ގުޅޭ މަޢުލޫމާތު އޮފީހާއި ޙަވާލުކުރުން

9. ސްކޫލް މުވައްޒަފުންނަށް ސަރވަރ ޑޮމެއިންއާއި ސްކޫލް މެއިލް ހެދުމާއި ޑޮމެއިން އަދި މެއިލް ބޭނުންކުރެވޭތޯ ބެލުން. އަދި ސްކޫލުން ވަކިވާ މުވައްޒަފުންގެ ޑޮމެއިން އަދި ސްކޫލް މެއިލް ބްލޮކް ކުރުން

10. ސްކޫލްގެ މަސައްކަތްތަކަށް ދަތިނުވާނެހެން ސްކޫލްގެ ސަރވަރ ޑައުންވިޔަނުދީ ސަރވަރގެ ސެކިއުރިޓީ ބެލެހެއްޓުން

11. ސްކޫލްގެ ކޮމްޕިއުޓަރ ނެޓްވޯކަށް ދިމާވާ މައްސަލަތައް ބެލުމާއި އެމައްސަލަތައް ޙައްލުކުރުން

12. ސްކޫލްގައި ހިންގާ އެކި ޙަރަކާތްތަކާއި ޖަލްސާތަކުގެ މަޢުލޫމާތު ސްކޫލްގެ ފޭސްބުކް ޕޭޖް، ޓްވިޓަރ އަދި ސްކޫލްގެ ވެބްސައިޓަށް އަޕްލޯޑްކުރުން

13. ސްކޫލްގައި ބޭއްވޭ ޖަލްސާތަކާއި، އިތުރު ޙަރަކާތްތައް، ވޯކްޝޮޕް އަދި އެސެމްބްލީއަށް ސައުންޑް އަދި ޕްރޮޖެކްޓަރ ސެޓަޕް ހެދުން

14. ސްކޫލުން ޓީޗަރުންނަށާއި ދަރިވަރުންނަށް ދޫކުރެވިފައިވާ ޓެބްލެޓާއި ގުޅުންހުރި ހުރިހާ މަސައްކަތްތައް ކުރުން

14. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން

ގުޅޭ ވަޒީފާގެ ދާއިރާތައް

- އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި ޝަމްސުއްދީން ސްކޫލްގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޝަމްސުއްދީން ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް­ ([email protected])  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 27 ޖެނުއަރީ 2019 އާއި 30 ޖެނުއަރީ 2019 އާއި ދެމެދުގެ މުއްދަތެއްގައި ޝަމްސުއްދީން ސްކޫލްގައެވެ. މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލްގެ ނަންބަރ 6895733 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޖަނަވަރީ 2019
ހޯދާ