ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ބަނދަރުގެ އުތުރު ހުރަސް ތޮށިން ފެށިގެން އުތުރަށް އޮތް ސަރަހައްދު ސާފުކުރުން

ދިއްދޫގައި މީހުން އުޅޭ ސަރަހައްދުތަކުގައި މިހާރު ހިންގަމުންދާ ވަޑާންގެ، ވޯރކްޝޮޕް، އަދި ގަރާޖާއި މި ނޫން ވެސް މި ފަދަ ސިނާޢީ މަސައްކަތްތައް ކުރާ ތަންތަނުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ދިއްދޫ ބަނދަރުގެ އުތުރު ހުރަސް ތޮށިން ފެށިގެން އުތުރަށް އޮތް ސަރަހައްދުން އެ ފަދަ މަސައްކަތްތަކަށް ކުލީ ބިން ދޫކުރުމަށް މި ކައުންސިލުން ބޭނުންވެއެވެ. އެހެންކަމުން، އެ ބިން ސާފުކުރުމުގެ މަސައްކަތް މި ކައުންސިލުން ފަށައިގަތުމުގެ ކުރިން، އެ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ އެއްވެސް އެއްޗެއް ހުރި ނަމަ، 15 ޖަނަވަރީ 2019 ގެ ކުރިން އެ ތަކެތި އެ ސަރަހައްދުން ނެންގެވުމަށް ދަންނަވަމެވެ. އެ މުއްދަތަށް ފަހު، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، އެ ސަރަހައްދުގައި ހުރި ހުރިހާ ތަކެތި މި ކައުންސިލްގެ ފަރާތުން ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ. މި ގޮތުން ނައްތާލެވޭ އެއްވެސް އެއްޗެއްގެ ޒިންމާ މި ކައުންސިލުން ނުއުފުއްލާނެ ވާހަކަ ދެންނެވީމެވެ.

މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން މި ކައުންސިލަށް އަބަދު ވެސް ދެއްވާ އެހީތެރިކަމަށާއި، އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

09 ޖަނަވަރީ 2019
ހޯދާ