އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ސާފްކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މިރަށު އިޖްތިމާޢީ ސަރަޙައްދު ސާފުކުރާނެ ފަރާތެއް ހޯދުން

            އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)349-A/2018/21) އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ ބިޑްތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަވާ ބިޑްތަކުގެ އަދަދު 3 (ތިނެއް) އަށްވުރެ މަދުވުމުން، މިދެންނެވި އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

            ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.    

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި ބިޑް ހުށައެޅުއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއަކާއި، ބަދަލުގައި ހާޒިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްވެސް ގެންނަވަންވާނެއެވެ.

            އިޖްތިމާޢީ ސަރަޙައްދު ބިޑްކުރުމަށް މިފަހަރު ހަމަޖެހިފައިވަނީ ކުރިޔާއި ޚިލާފަށް އިޖްތިމާޢީ ސަރަޙައްދު ދެބަޔަކަށް ބަހާލުމަށްފަހު ދެބައި ދެފަރާތަކަށް ދޭ އުސޫލުންނެވެ.

            މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުންރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.

08 ޖަނަވަރީ 2019
ހޯދާ