ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

146-A1/2019/02: ނަންބަރު

އިޢުލާން

 

މަޤާމު:

 އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު :

 01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމުގެ ރޭންކް:

 އެލް.އެސް 2

މަސައްކަތްކުރަންޖެހޭ ތަން:

 ފެމިލީ ކޯޓު /  ޝަރީޢަތްކުރުމާއިބެހޭ ބައި

އަސާސީ މުސާރަ:

 9412.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ.

- ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ.

- ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 (މަހަކު).

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ އަސާސީ ޝަރުތު:

-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

 

 

"ފެމިލީ ކޯޓުގެ ކޭސް މެނޭޖްމެންޓް ޕްރޮސީޖަރ"އާ އެއްގޮތަށް މަސައްކަތްކުރުން.

ކޯޓަށް ޙާޟިރުކުރެވޭ ފަރާތްތަކާއިމެދު، "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު"އާ އެއްގޮތްވާ ގޮތުގެމަތިން  ފިޔަވަޅު އަޅާތޯ ބަލައި އެކަން ކަށަވަރުކުރުން.

ޝަރީޢަތުން ނަގާ ބަޔާންތަކާއި ޝަރީޢަތަށް ހުށަހެޅޭ ބަޔާންތައް މަޙުޟަރުކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުން.

ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ތައްޔާރުކުރުން.

މީގެ އިތުރުން ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.        

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

-  އެހެން މީހުނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މިންވަރު

- ލީޑަރޝިޕް، ޓީމް ވޯކް، އަދި މައްސަލަ ހައްލު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު.

-  އެޓިޓިއުޑް އަދި އިންޓަރޕާސަނަލް ސްކިލްސް.

- ޝަރުޢީ ރިޕޯޓް ލިޔުމުގެ ހުނަރު.

- އިންފޮމޭޝަން ޓެކްނޮލޮޖީ އަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

ވަޒީފާއަށް އެދޭ ފޯމް (މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެވެބްސައިޓް(www.familycourt.gov.mv (http://www.familycourt.gov.mv އިން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުރިމަތިލާ ފަރާތުގެ ވަނަވަރު.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލް ކުރެވޭނެއެވެ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ ފަރާތްތައް އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

އެޓެސްޓް ކޮށްފައިނުވާ ލިޔެކިޔުންތައް ވެސް އެޕްލިކޭޝަން އާއެކު ބަލައިގަންނާނެއެވެ. އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީ ހުށަހަޅާނަމަ ހުށަހަޅަންވާނީ ރަނގަޅަށް އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީއެވެ.

ސުންގަޑި:

 10 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިމަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

މިމަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތުފުރިހަމަ ނުވާކަމަށް މިކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓް: މިވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

02 ޖަނަވަރީ 2019
ހޯދާ