މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ޖަނަރޭޓަރު ކޮންޓްރޯލަރެއް ހޯދުމަށް

އިޢުލާން

  ނަންބަރު:MMS-A/2018/15

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ޖަނަރޭޓަރު ކޮންޓްރޯލަރެއް ހޯދުމަށް

 

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެދަށުން މި ސަރވިސަސްގައި ހިންގާ މަޝްރޫޢެއްގައި، މި ސަރވިސްގައި ޤާއިމުކޮށްފައިވާ ޖަނަރޭޓަރެއްގެ ކޮންޓްރޯލަރު ނެގުމަށްފަހު މަޢުލޫމާތު ޝީޓުގައިވާ މިންގަނޑުގެ ކޮންޓްރޯލަރެއް  ފޯރުކޮށްދީ އަޅުވައިދޭނެ ފަރާތެއް ބޭނުންވެއެވެ. އެގޮތުން، މި ސަރވިސްގެ ފަރާތުން މިކަމަށް ތައްޔާރުކޮށްފައިވާ މިންގަނޑަށް ފޯރުކޯށްދީ އަޅުވަދިނުމަށް އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް 20 ޑިސެމްބަރ 2018 ވަނަ ދުވަހު ކުރެވުނު ނަންބަރު MMS-A/2018/14 އިޢުލާާނާއި ގުޅިގެން އެކަށިގެންވާ އަދަދަށް ބީލަން ލިބިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

02 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 13:00 ގައި ހުޅުލޭގައި ޤާްއިމުކޮށްފައިވާ މި ސަރވިސްގެ މައި އިދާރާގައި ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓު (ޓާރމްސް އޮފް ރިފެރެންސް) ތިރީގައި ލިންކް އިން ލިބިވަޑައިގަންނަވާނެއެެވެ.

http://www.meteorology.gov.mv/uploads/a666587afda6e89aec274a3657558a27.pdf

 

27 ޑިސެމްބަރ 2018

27 ޑިސެންބަރު 2018
ހޯދާ