މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

މަޤާމް:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-288201

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިވިޜަން/ސެކްޝަން:

ފައިނޭންސް އެންޑް އެކައުންޓް ޑިވިޜަން

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/700 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 2)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެފްސީއެސްސީ، ކުޑަކުދިންގެ ހިޔާ، ފިޔަވައްޗަށް ބަޖެޓުންކުރެވޭ ޚަރަދުތައް މަހުން މަހަށް މޮނިޓަރކޮށް ސްޓެޓިސްޓިކްސް ހެދުމާއި، ބަޖެޓުގެ ޙާލަތު މާލީ ޒިންމާދާރުވެރިޔާއަށް ގަވާއިދުން ރިޕޯޓްކުރުން.
  • އެފްސީއެސްސީ ތަކުގެ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބަޖެޓް ކޮންޓްރޯލް ހެދުމުގެ މަސައްކަތްކުރުން.
  • އިންސްޓިޓިއުޝަންތަކުގެ ތެރެއިން، ކުލި ދައްކަން ޖެހޭ ތަންތަނަށް ގަވާއިދުން ކުލި ދައްކައި ނިންމުން.
  • އެފްސީއެސްސީ، ތަކުގެ ހުރިހާ ޔުޓިލިޓީ ބިލްތަކަށް (ކަރަންޓް، ފެން އަދި ފޯނުބިލް) ފައިސާ ދެއްކުން.
  • އެފްސީއެސްސީ، ކުޑަކުދިންގެ ހިޔާ، ފިޔަވަތިއަށް ލިބޭހުރިހާ ފައިސާއެއް ދުވަހު ރެޖިސްޓްރީއަށް އެންޓަރކޮށް ލިބޭހުރިހާ ފައިސާއެއްގެ ރެޖިސްޓަރީ ގަވާއިދުން ބެލެހެއްޓުން.
  • އެފްސީއެސްސީ، ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި މިނޫންވެސް މިނިސްޓްރީގެ ދަށުން ހިނގާ މިފަދަ މަރުކަޒުތަކުގެ ބަޖެޓަށް ލިބޭ ފައިސާ އަދި މިނޫން ގޮތްގޮތުން ލިބޭފައިސާ އެމަރުކަޒުތަކުގެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތިން ޖަމާކުރުން.
  • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ ޓްރަސްޓް ފަންޑު ކޮމިޓީގެ އެންމެހައި މަސައްކަތެއް ކުރުމާއި، ކޮމިޓީން ނިންމަވާ ކަންކަން ގަވާއިދުން ތަންފީޒުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ޓްރަސްޓް ފަންޑަށް ލިބޭ ފައިސާއާއި ކުރެވޭ ޚަރަދުތަކުގެ ރިޕޯޓް މަހުންމަހަށް ތައްޔާރުކޮށް ޤަވަޢިދުން ބެލެހެއްޓުން.
  • ޓްރަސްޓް ފަންޑުން ކުރަންޖެހޭ ޚަރަދުތަކުގެ ޕޭމަންޓް ވައުޗަރ ހެދުމާއި، ޗެކްކުރުމާއި،SAP އަށް އެޅުމާއި، ސްކޭންކުރުމާއި، ޕޯސްޓްމަންތްލީ ރިޕޯޓް ތައްޔާރު  ކުރުމާއި، ކަނޑައެޅިފައިވާ މުއްދަތުތަކަށް މި މަސައްކަތްތައް ނިންމުން.
  • ޑިވިޜަނަށް ލިބޭ ހުރިހާ ސިޓީތަކާއި ބިލްތަކާއި ލިޔުންތައް ބަލައިގަނެ، އެތަކެއްޗަށް ޖަވާބުދިނުމާއި އަޅަންޖެހޭ ފިޔަވަޅު އެޅުން.
  • ޑިވިޜަނުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި، ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުގެ މަސައްކަތްތައް ގަވާއިދުން ކުރުމާއި ކަނޑައެޅިފައިވާ ސުންގަނޑިތަކަށް ޖަވާބު ފޮނުވުން.
  • ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުން ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ގަވާއިދުން ދޫކުރުމާއި، އެ ތަންތަނަށް ބޭނުންވާ ބަޖެޓު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  • އެފް.ސީ.އެސް.ސީ ތަކަށް ފޮނުވާ ފައިސާ ޚަރަދުކުރާގޮތުގެ ސްޓެޓިސްޓިކްސް ކޮންމެ 3 މަހަކުން ހެދުމާއި، އެތަންތަނުގެ ޚަރަދުރިޕޯޓް މަހުންމަހަށް ހޯދުން.
  • ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުގެ ބިލުތަކަށް ގަވާއިދުން ފައިސާ ދެއްކޭކަން ކަށަވަރުކުރުމާއި، ގިނަ ދުވަސްވެ ފައިސާ ނުދެއްކި ލަސްވާ ބިލްތައް ބަލައި، އެ ބިލްތަކަށް ފައިސާ ދައްކާ ނިންމުން
  • އެފް.ސީ.އެސް.ސީ ތަކުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރެވެން ހުރިތޯ ބެލުމުގެ ގޮތުން ބަޖެޓް ބެލެންސްތައް އަޕްޑޭޓްކޮށް ގަވާއިދުން ބެލެހެއްޓުން.
  • އެފް.ސީ.އެސް.ސީ ތަކުގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ޚަރދު ރިޕޯޓް ތައްޔާރުކޮށް،FM  ރިޕޯޓް ޗެކްކުރުމާއި ގަވާއިދުން އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އެފް.ސީ.އެސް.ސީ ތަކުގެ ބަޖެޓުން އެކަހެރިކުރެވޭ ޚަރަދުތަކުގެ ފައިސާގެ ޢަދަދަށް ބަލައި، ޚަރަދު ކުޑަކުރެވޭނެ ގޮތްތައް މާލީ ޒިންމާދާރުވެރިޔާއަށް ހުށަހެޅުން.
  • ފިޔަވަތީގެ ބަޖެޓާއި ފައިސާއާ ބެހޭ އެންމެހައި މަސައްކަތެއް ހިނގާ ނުހިނގާގޮތް ބަލައި މޮނިޓަރކޮށް ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠުތައް:

އެކައުންޓިންގ، ފައިނޭންސް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއިwww.gender.gov.mv )   (ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ09 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖަނަވަރީ މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް  (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

 

 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

 

 

19 ރަބީޢުލްއާޙިރު 1440ހ

26 ޑިސެންބަރު 2018މ

 

 

26 ޑިސެންބަރު 2018
ހޯދާ