އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ ކައުންސިލްގެ ޕްލޭނިންގ އޮފިސަރގެ މަޤާމަށް މީހަކު ހޯދުމާއިބެހޭ

އިޢުލާނު

 

އދ.ދިއްދޫ ކައުންސިލް އިން ހުސްވެފައިވާ މަޤާމަށް މީހަކު ހޯދުމާއިބެހޭ

 

          

ޕްލޭނިންގ އޮފިސަރ

މަޤާމް:

J-301821

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް 1

މަޤާމުގެ ރޭންކް:

ސީނިއަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ، އދ. ދިއްދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5610.00

މުސާރަ:

2000.00

ސަރވިސް އެލެވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް 2
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އެހެނިހެން އެލަވަންސް:

(% ބުރަދަން)

މަސްއޫލިއްޔަތުތައް

20%

ރަށުކައުންސިލުން ކަނޑައަޅާ ތަރައްޤީގެ މަޝްރޫޢުތަކާއި، ޕްލޭންތައް ރޭވުމާއި، އެކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި، އެކަންކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުމާއި، އެކަންކަމުގެ ރެކޯޑް ބެލެހެއްޓުން.

20%

ރަށުކައުންސިލުން ދިނުމަށް ޤާނޫނުން ލާޒިމްކުރާ ޚިދުމަތްތައް ދެނެގަނެ އެ ޚިދުމަތްތައް ދެވޭނެގޮތްތައް ރޭވުމާއި، އެފަދަ ޚިދުމަތްތަކަށް ފީ ކަނޑައެޅުމުގެ ކަންތައް ބެލެހެއްޓުމާއި، އެފަދަކަންކަމާއި ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ޑްރާފްޓްކުރުމާއި، ލިޔެ ބެލެހެއްޓުން.

10%

ރަށުކައުންސިލުން ހިންގާ ތަރައްޤީގެ ޙަރަކާތްތަކާއި ގުޅިގެން ނުވަތަ އެނޫންވެސް ގޮތަކުން ތިމާވެއްޓަށްކުރާ އަސަރު ދެނެގަތުމާއި، ތިމާވެއްޓާއިބެހޭ މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދީ އެކަމާއިބެހޭ ރެކޯޑް ބެލެހެއްޓުން

10% 

ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި އަދި ލޭންޑްޔޫސް ޕްލޭން ހެދުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމާއި، މިނޫންވެސް އެކިއެކި ޕްލޭންތަކާއި ގުޅިގެން ލަފަޔާއި، އިރުޝާދު ހޯދަންޖެހޭ އެކިއެކިފަރާތްތަކުގެ ލަފަޔާއި، އިރުޝާދު ހޯދާ ކަމާބެހޭ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.

20%

ސަރުކާރުގެ ފަރާތުންނާއި، ރަށުކައުންސިލުން އަދި އެހެނިހެން ގޮތްގޮތުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި، ދޭންޖެހޭ ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ ސަރވޭ އަދި ދިރާސާކުރުމުގެ ކަންކަން ބަލަހައްޓައި، ތަރައްޤީގެ އެކިއެކި ކަންކަމަށް ބޭނުންވާ ޑޭޓާތައް ހޯދާ ބެލެހެއްޓުން.

10%

އައި. ޑީ ކާޑާބެހޭ އެންމެހާ ކަންތައްތައްކޮށް ރިކޯޑް ބެލެހެހެއްޓުމާއި، އިކޮނޮމިކް މިނިސްޓްރީ ވިއުގައިން ވިޔަފާރިހުއްދަ ދިނުމުގެ މަސައްކަތްތައް ބެލެހެއްޓުން (ކުންފުނި، ލޯކަލް އިންވެސްޓްމަންޓް، އިންޕޯޓ/އެކްސްޕޯޓް، ގެސްޓްހައުސްތަކާއި، ހޮޓާ/ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަން ރަޖިސްޓްރީކޮށް އެތަންތަނާ ބެހޭ އެންމެހާ ޤަވާއިދު ހިންގާ ބެލެހެއްޓުން.

   

10%

މީގެ އިތުރުންވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން ކައުންސިލަރުންނާއި، ޒިންމާދާރުވެރިޔާ، ސެކްޝަން ހެޑުން އަންގަވާ ކަންކަން ކުރުން

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

ތައުލީމީ ފެންވަރު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓު މެނޭޖުމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ ޝަރުޠުތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. އަދި މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ޖަނަވަރީ 2019  އާއި 14 ޖަނަވަރީ 2019 އާ ދެމެދު، އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ ގައެވެ.

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680057 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

     

 

           15 ރަބީޢުލްއާޚިރު 1440

           24 ޑިސެންބަރު 2018

 

      ޣައްސާން ޢަބްދުއްﷲ

      ކައުންސިލް މެންބަރ

24 ޑިސެންބަރު 2018
ހޯދާ