އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް ހުޅުވާލަން

އިޢުލާން

 

މި ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް ހުޅުވާލަމެވެ. ހުށަހަޅާ ސިއްކައިގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހެޅިފަރާތަކަށް -/3000 ރ. (ތިންހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

 

ސިއްކަ ފަރުމާ ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް

  1. ކޮޕީއަކަށް ނުވުން.
  2. އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން.
  3. އަތޮޅުގެ ޤަދީމީ ތާރީޚު ނުވަތަ އަތޮޅަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ އެއްޗަކަށްވުން.
  4. ޤަވްމީ ކުލަތައް (ރަތް، ހުދު، ފެހި) ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ސިއްކަ އަކަށް ވުން
  5. 20mm x 20mm އަށް ކުޑަކުރުމުން ސިއްކައިގެ އަސްލު ނުގެއްލުން.
  6. ހުށަހަޅާ ސިއްކައިގެ ކުލަ އަދި ބްލެކް އެންޑް ވައިޓް ހާޑްކޮޕީއާއި ސޮފްޓްކޮޕީ (ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް) ހުށަހަޅަންވާނެއެވެ.
  7. ސިއްކައިން ރަމްޒުކޮށްދޭ އެއްޗެއް ހުށަހެޅުން.

 

ވީމާ، މިކައުންސިލްގެ ސިއްކަ ފަރުމާ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފަރުމާކޮށްފައިވާ ސިއްކައާއި ސިއްކަ ފަރުމާކުރެއްވި ފަރާތުގެ ވަނަވަރު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އދ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުން" ޖައްސަވަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން މިއިދާރާގެ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

16 ރަބީޢުލްއާޚިރު 1440

24 ޑިސެންބަރު 2018

                                                                                                                          (ސޮއި)  

                                                                                                                         ޢަލީ ނަޞީރު

                                                                                                                          އދ. އަތޮޅުކައުންސިލްގެ ރައީސް

24 ޑިސެންބަރު 2018
ހޯދާ