ފެމިލީ ކޯޓް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

                                                                                                                                                                                     ނަންބަރު:146A3/2018/191 

 

                                                                                                       އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

ފެމިލީ ކޯޓު ޖަސްޓިސް ބިލްޑިންގ ރިސެޕްޝަން އާއްމުންނަށް ފަސޭހަކަމާއިއެކު ޚިދުމަތް ދެވޭނޭގޮތަށް ބަދަލުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 146-A3/2018/183 (10 ޑިސެމްބަރ 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެމްބަރ 26 ވަނަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 2018 ޑިސެމްބަރ 30 ވަނަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.

                                                                                                           

23 ޑިސެންބަރު 2018
ހޯދާ