އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ސާފްކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މިރަށު އިޖްތިމާޢީ ސަރަޙައްދު ސާފުކުރާނެ ފަރާތެއް ހޯދުން

            އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު: IUL)349-A/2018/14) އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

            ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. 

              މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި ބިޑް ހުށައެޅުއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއަކާއި، ބަދަލުގައި ހާޒިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްވެސް ގެންނަވަންވާނެއެވެ.

އިޖްތިމާޢީ ސަރަޙައްދު ބިޑްކުރުމަށް މިފަހަރު ހަމަޖެހިފައިވަނީ ކުރިޔާއި ޚިލާފަށް އިޖްތިމާޢީ ސަރަޙައްދު ދެބަޔަކަށް ބަހާލުމަށްފަހު ދެބައި ދެފަރާތަކަށް ދޭ އުސޫލުންނެވެ.

              މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުންރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ޑިސެންބަރު 2018
ހޯދާ