ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދައިދޭނެ ފަރާތެއް ހޯދުން

މިސްކޫލުގެ ފައުންޑޭޝަން ސްޓޭޖް (އެލްކޭޖީ އަދި ޔޫކޭޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިއިޢުލާނަށް ބީލަށް ހުށައެޅޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރ : (IUL)22-PU/22/2018/151 އިޢުލާނާއި ގުޅިގެން ސްޓޭޝަނަރީ ވައުޗަރއަށް ތަކެތި ދޫކުރުމަށް އެދި ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ބުކްޝޮޕްތަކަށެވެ

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6528046 ނަންބަރު ފޯނާއެވެ.  

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން

2018 ޑިސެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ސްކޫލް އޮފީހުގައި

2018 ޑިސެމްބަރ 26 ވާ ބުދަދުވަހުގެ 13:00 ގައި ސްކޫލް އޮފީހުގައި

17 ޑިސެންބަރު 2018
ހޯދާ