ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޣާޒީ މުޙައްމަދު ޕްރީސްކޫލަށް މުވައްޒަފުން ހޯދުން

ހއ ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލަށް ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާ އެއްގޮތަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ. 

މަޤާމް: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ ޢަދަދު:  6 (ހައެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން: ޢާޒީ މުޙައްމަދު ޕްރީސްކޫލް

މުސާރަ: މަހަކު 3500.00 ރުފިޔާ

ސަރވިސް އެލަވަންސް:    މަހަކު 1500.00 ރުފިޔާ

މަޤާމުގެ ޝަރުތުތައް:

     1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު މަޤާމަށް ބޭނުންވާ ދާއިރާއިން (ޕްރީސްކޫލް ޓީޗިން) ޤައުމީ ސަނަދު އޮނިގަނޑުން ދަށްވެގެން ލެވެލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

     2. މި މަޤާމަށް ބޭނުންވާ ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ ގްރޭޑް 10 ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން ލިބިފައިވާ ތަޢުލީމާއި ތަމްރީން އާއި މަސައްކަތުގެ ތަޖުރިބާ އަދި ކުރެވޭ އިންޓަވިއުއަށް ބެލުމަށް ފަހު ތަޢުލީމީ ޝަރުތު ހަމަކުރާގޮތަށް ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:   

     1. ކިޔަވައި ދިނުމާއި، އިތުރު ޙަރާކަތްތައް ހިންގުމާއެކު ކަނޑައެޅޭ ބައެއް އިދާރީ މަސައްކަތްތައްކުރުން.

އުޖޫރައާއި އިނާޔަތްތައް. މުސާރަ އާއި އެލަވަންސް އަދި ރަމަޟާން އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

     1. މަޤާމަށް އެދި ހުށަހަޅުއްވާ ފޯމް.

     2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަސްލާ އެއްގޮތަށް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).

     3. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީލިޔުމެއް (އަސްލާ އެއްގޮތަކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު).

     4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (އަސްލާ އެއްގޮތަށް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).

     5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  މި މަޤާމަށް އެދި ހުށަހަޅަން ޖެހޭ ތަކެތި ހުށަހަޅާނީ 24 ޑިސެމްބަރު 2018 ވާ ހޯމަދުވަހުގެ ގެ 14:00ގެ ކުރިން، ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ މުއްދަތު:  މި މަޤާމަށް އެދޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ 25 ޑިސެމްބަރު 2018 އިން 31 ޑިސެމްބަރު 2018 އާއި ދެމެދުގައެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  މިކައުންސިލް އިދާރާގެ ފޯނު ނަންބަރު: 6500019 އަށެވެ. އަދި އީމެއިލް ކުރާނީ ([email protected]) އަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

13 ޑިސެންބަރު 2018
ހޯދާ