މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫގެ އިޖުތިމާއީ ސަރަހައްދުތައް ބެލެހެއްޓުމާބެހޭ

އިއުލާން

 

ނ.މިލަދޫގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް 01 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޑިސެންބަރު 2018 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާ އަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު، 25 ޑިސެންބަރު 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 އަންދާސީ ހިސާބު ހުށައަޅުއްވާނީ، ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތުގެ ނަމުގެ އިތުރުން "އިޖުތިމާޢީ ސަރަހައްދުތައް ބެލެހެއްޓުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. ހުށައަޅުއްވާފައިވާ އަންދާސީ ހިސާބުތައް ކަނޑައި ބަލައިގަތުން އޮންނާނީ، އަންދާސީ ހިސާބު ހުށައެޅުއްވި ފަރާތްތަކުގެ ހާޒިރުގައި، ދެންނެވިފައިވާ ގަޑީގައެވެ. މައުލޫމާތު ސާފުކުރާ ބައްދަލުވުމަށް ވަޑައިގަންނަވާއިރު އެސްޓިމޭޓް ހުށައަޅާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.           

           04 ރަބީޢުލްއާޚިރު 1440

           11 ޑިސެންބަރު 2018                   

 

11 ޑިސެންބަރު 2018
ހޯދާ