މާއެނބޫދޫ މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( ރިލީފް ޓީޗަރ )

ވަޒީފާގެ ފުރުޞަތު:

މި ސްކޫލްގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދުމަށް އިއުލާން ކުރަމެވެ.

 

މަޤާމް:

ރިލީފް ޓީޗަރ (1 ޤުރްއާން ޓީޗަރ، 1 ދިވެހި ޓީޗަރ، 1 ކްރިއޭޓިވް އާރޓް ޓީޗަރ، 1 ހެލްތް އެންޑް ޕީއީ ޓީޗަރ )

ބޭނުންވާ އަދަދު:

04 (ހަތަރެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (ކޮންޓްރެކްޓް ކުރެވޭ ދުވަހުން ފެށިގެން 3މަސް ދުވަސް)

ސެކްޝަން:

އެކަޑެމިކް ސެކްސަން

މަޤާމް އޮތް އޮފީސް:

މާއެނބޫދޫ ސްކޫލް / ދ.މާއެނބޫދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާއެނބޫދޫ ސްކޫލް / ދ.މާއެނބޫދޫ

މުސާރައާއި ސަރވިސް އެލަވަންސް:

މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ  ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00 ރ

1500.00 ރ

މަތީ ސާނަވީ  ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00 ރ

1500.00 ރ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00 ރ

2500.00 ރ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހަވާލުކުރެވޭ ތާވަލާއިއެއްގޮތަށް ޕްރައިމަރީ ކްލާސްތަކަށް ހާޟިރުވެ، "ސްކީމްއޮފްވާރކް" ގައިވާގޮތަށް މަންހަޖުގައި ބަޔާން ކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ޙާޞިލްކޮށްދިނުން 
  2. ކިޔަވައިދޭ މާއްދާތަކާގުޅޭ އިމްތިޙާންތައް ހިންގުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންތައްތައް ލީޑިންގ ޓީޗަރުންގެ މަޝްވަރާގެ މަތީންކުރުން
  3. ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ހިންގުން
  4. ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ފެންވަރު ނުވަތަ ނަތީޖާ މަތިކުރުމަށް މަސައްކަތްކުރުން
  5. މުޖުތަމަޢު އާއި ސްކޫލާއި އޮންނަ ގުޅުމަކީ، ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތްކުރުން
  6. ވަޒީފާއާއިގުޅޭ، އޮފީހުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  3. މަސައްކަތު ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް
  4. އައު މަންހަޖަށް ކިޔަވައިދިނުމުގެ މަސައްކަތުގައި އުޅެފައިވާ، ފެންވަރު ރަނގަޅު، ތަޖުރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
    1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު(އެޕްލިކޭޝަން ފޯމު، މާއެނބޫދޫ ސްކޫލްއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްwww.csc.gov.mvއިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
    2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއާއި ( އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނާ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
    4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށްހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
    5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

    (ހ) މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވަ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ(ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތަށް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    (ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

    1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
    2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
    3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

    (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްwww.csc.gov.mvއިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން މާއެނބޫދޫ ސްކޫލްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]އެވެ. އެޕްލިކޭޝަން ފޯމައެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ  އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
 
އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެތަނާއި، މުއްދަތު:
 
  1. މި މަޤާމަށް ޝަރުޠުހަމަވާފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލް އޮންނާނީ 24 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހު، މާއެނބޫދޫ ސްކޫލްގައެވެ.
  2. އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޕޮއިންޓުގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952919 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.
11 ޑިސެންބަރު 2018
ހޯދާ