ހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ފަހައިދީ އަދި ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން .

އިޢުލާން

އެކްޓިވިޓީ  ޔުނިފޯމް ފަހައިދީ  އަދި ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން .

މިސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ  ޔުނިފޯމް ފަހައިދީ  އަދި މެދުނުކެޑި ޔުނިފޯމް ވިއްކުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިސްކޫލުގެ ނަންބަރ  GS54/IUL/2018/24އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންނެވީ އެއްމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް އަގުހުށަހެޅުމުގެ ފުރުސަތު ހުޅުވިވާހަކަދެންނެވީމެވެ. 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚަށް ހުޅުދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

21 ނޮވެމްބަރ 2018 ވާ ބުދަ ދުވަހު 09:00 އަށް

  29 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހު 09:00 އަށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6894068 ނަންބަރު ފޯނާއެވެ.

08 ނޮވެންބަރު 2018
ހޯދާ