ކިނޮޅަހު ސްކޫލް/ރ.ކިނޮޅަސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2019 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެމްބަރ 2018ވާ އަންގާރަ ދުވަހުގެ 9:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ނޮވެމްބަރ 2018 ވާ ހޯމަ، ދުވަހުގެ 10:00 އަށް މިސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު  ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން  ( ޤާނޫން ނަންބަރ 18/2014 )ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ވިޔަފާރީގެ ޤާނޫން ( ޤާނޫން ނަންބަރ 19/2014 )ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި މިދަންނަވާ މައުލޫމާތު ހިމެނިފައި ހުންނަންވާނެއެވެ.

-          2019 ސިކިއުރިޓީ ބެލެހެއްޓުމަށްއެދި

-          ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަނާއި އެޑްރެސް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6580360 އާއި ގުޅުއްވުން އެދެމެވެ.

29 ޞަފަރު 1440

07 ނޮވެމްބަރ 2018

 

 

07 ނޮވެންބަރު 2018
ހޯދާ