ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީގެ އިމާރާތުން ފެންލީކުވާ މައްސަލަ ހައްލުކުރުމާއި ފެނުގެ އަސަރުކޮށްފައިވާ ތަންތަން މަރާމާތުކުރުން

އިޢުލާން

ފެކަލްޓީގެ އިމާރާތުން ފެންލީކުވާ މައްސަލަ ހައްލުކުރުމާއި ފެނުގެ އަސަރުކޮށްފައިވާ ތަންތަން މަރާމާތުކުރުން

ފެކަލްޓީގެ އިމާރާތުން  ފެންލީކުވާ މައްސަލަތައް ހައްލުކުރުމާއި ފެނުގެ އަސަރުކޮށްފައިވާ ތަންތަން މަރާމާތުކުރަން ބޭނުންވެގެން ކުރި އިޢުލާން (153FEST/IUL/2018/19, 01st November 2018) ގެ މަޢުލޫމާތައް ބަދަލު އައިސްފައިވާތީ މިއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން، 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 14:00 އަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ހ. ސޯސަންގެ، ޑީ.އެޗް.އެލް ކުރިމަތި) ގެ 2 ވަނަފަންގިފިލާގައި ހުންނަ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތުސާފު ކުރެއްވުމަށްފަހު، 15 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަދަންނަވަމެވެ.

06 ނޮވެންބަރު 2018
ހޯދާ