މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދަނާލުގެ ބައެއް މަސައްކަތްތައް

އިފްތިތާހީ ދަނާލުގައި މިދަންނަވާ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.

 

  • ދަނާލު އިމާރާތުގެ 2ވަނަ ފަންގިފިލާގެ ބްލޮކް1އަދި2 ބެރިމަތި އަދި ފަރުގައި އެޅިފައިވާ ރެނދުތައް ބެއްދުން.
  • ދަނާލު ބައެއް އެޕާޓްމަންޓް ތަކުގެ ސީލިން މަރާމާތު ކުރުން.

 

އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ބަލައިގަތުން

08 ނޮވެމްބަރ 2018 (ބުރާސްފަތި) ދުވަހު 13:30

12 ނޮވެމްބަރ 2018 (ހޯމަ) ދުވަހު 13:30

 

މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެކެވެ. ކަނޑައެޅިފައިވާ ފުރުޞަތުގައި މައުލޫމާތު ސާފުނުކުރައްވާ ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ.

31 އޮކްޓޯބަރ 2018 ގައި ކުރެވުނު އިޢުލާނަށް އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކޮށްފައި  ނުވާތީ އެއިޢުލާން ބާޠިލްކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

05 ނޮވެންބަރު 2018
ހޯދާ