މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސެންޓްރަލް ވޭސްޓް ޑިސްޕޯސަލް ޗޫޓް (ގާރބޭޖް ޗޫޓް) ނުވަތަ/އަދި ކުނި ބަހައްޓާ ޖާގައެއް އިމާރާތުގައި ކަނޑައެޅުމާއި ބެހޭ އުސޫލަށް އިސްލާހު ގެނައުން

1. 4  ބުރިއަށްވުރެ ތިރިކޮށް ހަދާ ޢިމާރާތްތަކުގައި ސެންޓްރަލް ވޭސްޓް ޑިސްޕޯސަލް ޗޫޓް (ގާރބޭޖް ޗޫޓް) ނުވަތަ ކުނި ބަހައްޓާ ޖާގައެއް ހަދާކަށް ނުޖެހޭނެއެވެ.

      

2. 4 ބުރިއަށްވުރެ އުސްކޮށް، 10 ބުރިއާއި ހަމަޔަށް އަދި 10 ބުރިއަށްވުރެ އުސްކޮށް ހަދާ ޢިމާރާތްތަކުގައި، މިއުސޫލުގައި ބަޔާންކުރާ މިންގަޑުތަކާއި އެއްގޮތަށް ކުނި ބަހައްޓާ ޖާގައެއް ހަދަންވާނެއެވެ. އަދި މިޖާގަ ކަނޑައަޅަންވާނީ، އިމާރާތުގެ ގްރައުންޑް ފްލޯރ ނުވަތަ ކުނި ކަލެކްޓް ކުރުމަށް ފަސޭހަވާނެ ހިސާބެއްގައެވެ.

 

3. 4 ބުރިއަށްވުރެ އުސްކޮށް، 10 ބުރިއާއި ހަމަޔަށް އަދި 10 ބުރިއަށްވުރެ އުސްކޮށް ހަދާ އިމާރާތް ތަކުގައި ސެންޓްރަލް ވޭސްޓް ޑިސްޕޯސަލް ޗޫޓް (ގާރބޭޖް ޗޫޓް) ނުވަތަ ކުނިބަހައްޓާ ޖާގަ މިއުސޫލުގައި ބަޔާންކުރާ މިންގަނޑުތަކާއި އެއްގޮތަށް ހަދަންވާނެއެވެ. އަދި މިގޮތުން ކުނިބަހައްޓާ ޖާގަ ކަނޑައަޅަންވާނީ މިއުސޫލުގެ 2 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާގޮތަށެވެ.

 

4. ކުނިބަހައްޓާ ޖާގައިގެ ފާރުތަކާއި ތަޅުން ހަދާފައި ހުންނަންވާނީ ޓައިލްސް ނުވަތަ ފަސޭހައިން ދޮވެލެވޭ ކަހަލަ ބާވަތަކުންނެވެ. އަދި ސެންޓްރަލް ވޭސްޓް ޑިސްޕޯސަލް ޗޫޓް (ގާރބޭޖް ޗޫޓް) ހެދިފައި ހުންނަންވާނީ ފަސޭހައިން ދޮވެލެވޭ ކަހަލަ ބާވަތަކުންނެވެ.

 

5. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ ޢިމާރާތްތަކުގައި ކުނިބަހައްޓާ ޖާގައިގެ ބޮޑުމިނަކީ މަދުވެގެން އެއިމާރާތްތަކުގެ ފުޓްޕްރިންޓްގެ %1.5 އަށްވާ އޭރިޔާއެވެ.

 

6. އިމާރާތުގެ ފުޓްޕްރިންޓްގައި 3000 އަކަފޫޓު ހަމަވާ ތަންތާގައި ކުނިބަހައްޓާ ޖާގައިގެ ބޮޑުމިނަކީ މަދުވެގެން އެ އިމާރާތްތަކުގެ ފުޓްޕްރިންޓްގެ %3 އަށްވާ އޭރިޔާއެވެ.

 

7. 4 ބުރިއަށްވުރެ އުސްކޮށް، 10 ބުރިއާއި ހަމަޔަށް އަދި 10 ބުރިއާއި ހަމަޔަށް ހަދާ އިމާރާތް ތަކުގައި ކުނިބަހައްޓާ ޖާގަ، ގޯތީގައި ޢިމާރާތާއި ވަކިންވެސް ނުވަތަ ޢިމާރާތުގެ ތެރޭގައިވެސް ހެދިދާނެއެވެ. ކުނި ބަހައްޓާ ޖާގަ އިމާރާތާއި ވަކިން ހަދާނަމަ އެތަން ހުންނާނެ ގޮތުގެ ކުރެހުން، އިމާރާތް ބޭނުން ކުރުމުގެ ހުއްދައަށް އެދޭއިރު ހުށަހަޅަންވާނެއެވެ.

 

8. ކުނިބަހައްޓާ ޖާގަ އަދި ސެންޓްރަލް ވޭސްޓް ޑިސްޕޯސަލް ޗޫޓް (ގާރބޭޖް ޗޫޓް) ހުންނަންވާނީ އެއްވެސް ވަރަކަށް ވަސް އަދި ކުނި، މިޖާގައިން  ބޭރު ނުވާގޮތަށެވެ. 

 

9. ކުނިބަހައްޓާ ޖާގައަށް އަޅާކުނި ހުންނަންވާނީ އެއްވެސްގޮތަކަށް ވަސް އަދި އެއްވެސް އެއްޗެއް ބޭރު ނުވާގޮތަށް ބަންދު ކުރެވިފައެވެ.

 

10. ކުނިބަހައްޓާ ޖާގަ ހުންނަންވާނީ ދޮވެވޭގޮތަށް ފެންގުޅާ ޑްރެއިނޭޖް ސިސްޓަމެއް ޤާއިމުކުރެވިފައެވެ.

 

11. ކުނިބަހައްޓާ ޖާގައިގެ އުސްމިނުގައި މަދުވެގެން 5 ފޫޓް ހުންނަންވާނެއެވެ.

 

12. ކުނިބަހައްޓާ ޖާގަ ހުންނަންވާނީ ނެޗުރަލީ ނުވަތަ މެކޭނިކަލީ ވެންޓިލޭޓްވާގޮތަށެވެ.

 

13. ސެންޓްރަލް ވޭސްޓް ޑިސްޕޯސަލް ޗޫޓް (ގާރބޭޖް ޗޫޓް) ހުންނަންވާނީ އިމާރާތުގެ ކޮންމެ ފަންގިފިލާއަކުންވެސް ކުނިއެޅޭނެ ގޮތަށެވެ. އަދި ގާރބޭޖް ޗޫޓްގެ ހުޅުވުން ހުންނަންވާނީ ސަލާމަތީގޮތުން ކުޑަކުދިންނަށް ރައްކާތެރިފަދަ ގޮތަކަށް ބަންދުކުރެވިފައެވެ.

 

14. ސެންޓްރަލް ވޭސްޓް ޑިސްޕޯސަލް (ގާރބޭޖް ޗޫޓް)ގެ ފުޅާމިނުގައި މަދުވެގެން 18 އިންޗި ހުންނަންވާނެއެވެ.

 

                             

                 28   ޞަފަރު   1440

                 06   ނޮވެންބަރު  2018

06 ނޮވެންބަރު 2018
ހޯދާ