މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ހއ.ދިއްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ފޯމުތަކަށް ޕޮއިންޓް ދެވުނުގޮތުގެ ލިސްޓް އިޢުލާންކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުން.

ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ހއ.ދިއްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ފޯމު ހުށަހަޅާފައިވާ 516 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އިޢުލާންކޮށް ގެޒެޓު ކުރެވިފައިވާނެއެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv  ގައި ޝާއިޢުކުރެވި، މި އިޢުލާނާއި ލިސްޓް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިހުންނާނެއެވެ. އަދި އިތުރަށް ދަންނަވަމެވެ. ފޯމު ނަންބަރުގެ ފަހަތަށް "/2018" އިތުރުކުރެވިފައިވަނީ މިމިނިސްޓްރީއިން ބަލައިގެންފައިވާ ފޯމުތައް ކަމުގައި ދެންނެވީމެވެ. ބާކީ ހުރި ފޯމު ނަންބަރުތަކަކީ ހއ.ދިއްދޫ ފެނަކަ ރީޖަނަލް އޮފީހުން ބަލައިގެންފައިވާ ފޯމުތަކުގެ ނަންބަރު ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވުމާއެކު، ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހެޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި "ހއ.ދިއްދޫގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަެޅި ފޯމާއިގުޅޭ" ޖެއްސެވުމަށްފަހު) ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލް އިދާރާނުވަތަމިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް، 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

04 ނޮވެންބަރު 2018
ހޯދާ