މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވެ A ކެޓަގަރީ އާއި B ކެޓަގަރީގެ ފޯމުތަކަށް ޕޮއިންޓް ދެވުނުގޮތުގެ ލިސްޓް އިޢުލާންކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުން.

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްތަކުގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ހިތަދޫ އަވަށުގެ ރައްޔިތުންނަށް ޚާއްޞަކުރެވުނު 150 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 446 ފަރާތާއި، ކެޓަގަރީ B ގެ ދަށުން މަރަދޫ އަދި މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވުނު 30 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 54 ފަރާތާއި، ކެޓަގަރީ C ގެ ދަށުން ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވުނު 50 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 77 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އިޢުލާންކޮށް ގެޒެޓު ކުރެވިފައިވާނެއެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv  ގައި ޝާއިޢުކުރެވި، މި އިޢުލާނާއި ލިސްޓް، އައްޑޫ ސިޓީގައި ހުންނަ މިމިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓްގެ ނޯޓިސް ބޯޑުގައި، ބެހެއްޓިފައިހުންނާނެއެވެ.

ވުމާއެކު، ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހެޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " އައްޑޫ ސިޓީގެ A ކެޓަގަރީގެ ފޯމުތަކާއިގުޅޭ"، " އައްޑޫ ސިޓީގެ B ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ނުވަތަ "އައްޑޫ ސިޓީގެ C ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ނުވަތަ އައްޑޫ ސިޓ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް އަށް، 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ. 

04 ނޮވެންބަރު 2018
ހޯދާ