ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީގެ އިމާރާތުން ފެންލީކުވާ މައްސަލަ ހައްލުކުރުމާއި ފެނުގެ އަސަރުކޮށްފައިވާ ތަންތަން މަރާމާތުކުރުން

އިޢުލާން

ފެކަލްޓީގެ އިމާރާތުން ފެންލީކުވާ މައްސަލަ ހައްލުކުރުމާއި ފެނުގެ އަސަރުކޮށްފައިވާ ތަންތަން މަރާމާތުކުރުން

އިމާރާތުން ފެންލީކުވާ މައްސަލަތައް ހައްލުކުރުމާއި ފެނުގެ އަސަރުކޮށްފައިވާ ތަންތަން މަރާމާތުކުރަން ބޭނުން ވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން، 05 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ހ. ސޯސަންގެ، ޑީ.އެޗް.އެލް ކުރިމަތި) ގެ 2 ވަނަފަންގިފިލާގައި ހުންނަ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތުސާފު ކުރެއްވުމަށްފަހު، 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަދަންނަވަމެވެ.

01 ނޮވެމްބަރ 2018

01 ނޮވެންބަރު 2018
ހޯދާ