މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދަނާލުގެ އެޕާޓްމަންޓް ދޫކުރުން

      މި މަދަރުސާގެ ބެލުމުގެދަށުން ހިންގައި ބަލަހައްޓަމުންދާ އިފްތިތާހީ ދަނާލުގައި 2019ވަނަ އަހަރަށް ތިރީގައި މިދަންނަވާ އެޕާރޓްމަންޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލަމެވެ.

  • 3 ކޮޓަރީގެ 06 އެޕާރޓްމަންޓް
  • 4 ކޮޓަރީގެ 02 އެޕާރޓްމަންޓް

     މިއީ، މަދްރަސަތުލް އިފްތިތާޙުން ކިޔަވައިދިނުމަށްޓަކައި ނައިފަރު ނޫން އެހެން ރަށްރަށުގެ ބެލެނިވެރީން ދަރިވަރުންނާއެކު ނައިފަރުގައި ދިރިއުޅުމަށް ދޫކުރެވޭ ވަގުތީ ހިޔާވައްސެކެވެ. މި އެޕާޓްމަންޓް ދޫކުރާ މިހާރުގެ އަގަކީ

  • 3 ކޮޓަރި އެޕާރޓްމަންޓެއް މަހަކު -/3000ރުފިޔާ.
  • 4 ކޮޓަރި އެޕާރޓްމަންޓެއް މަހަކު -/4000ރުފިޔާ.

      ވީމާ މި އެޕާޓްމަންޓްތަކަށް އެދޭ ފަރާތްތަކުން އެޕާޓްމަންޓް ހޯދުމަށް މަދަރުސާއިން ދޫކުރާ ފޯމް ނަންގަވައި ފޯމު ފުރިހަމަކުރެއްވުމަށްފަހު، ބޭނުންވާ ލިޔެކިޔުމާއެކު ކަނޑައެޅިފައިވާ މުއްދަތުގައި މަދަރުސާގެ އިދާރާއަށް ފޯމު ހުށައެޅުއްވުން އެދެމެވެ.

       ފޯމު ދޫކުރުމާއި ބަލައިގަތުން: 28 އޮކްޓޯބަރ 2018 އިން 01 ޑިސެންބަރ 2018 އަށް  

       ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށެވެ.

އަދި މިމަދްރަސާގެ ވެބްސައިޓު www.ifthithaah.edu.mv ލިބެންހުންނާނެއެވެ.

 ތިރީގައި މިވަނީ އެޕާޓްމަންޓަށް އެދޭ ފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފއިވާގޮތެވެ.

 

ދަނާލުން އެޕާރޓްމަންޓް ދިނުމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

 

#

ތަފްޞީލް

މާކުސް

ޖުމްލަ

1

ދަނާލުގައި ތިބެން ބޭނުންވެ ހުށައަޅައިފައިވާ ކިޔަވާކުދިންނަށް

(މިކެޓަގަރީން މާކުސް ދިނުމުގައި ބަލާނީ މަދުރަސަތުލް އިފްތިތާހްގައި ފައުންޑޭޝަންއިން އޯލެވެލްއަށް ތަޢުލީމް ޙާޞިލްކުރާ ނުވަތަ އަލަށް ރަޖިސްޓްރީކުރުމަށް ހުށައަޅައިފައިވާ ދަރިވަރުންނަށެވެ) 

ކުއްޖަކަށް 5 މާކުސް

(8 ކުދިންނަށްވުރެ އިތުރުވާނަމަ ޖުމްލަ މާކުސް 40 އަށްވުރެ އިތުރެއް ނުވާނެއެވެ)

40

2

ދަނާލުން އެޕާރޓްމަންޓް ލިބުމަށް އެދި ހުށައަޅާ ފަރާތަކީ އެކަނިވެރި މަޔެއް ނުވަތަ ބަފަޔަކަށް ވާނަމަ

(އެކަނިވެރި މަޔެއް ނުވަތަ ބަފަޔެއް ކަމުގައި ބަލާނީ މީހަކާ ކައިވެނީގެ ގޮތުން އެވަގުތު ގުޅިފައިނެތް، ބަލަންޖެހިފައިވާ ކިޔަވާކުދިން ތިބި ފަރާތްތަކެވެ. މިގޮތުން ދަނާލުން އެޕާރޓްމަންޓް ލިބުމަށްއެދި ހުށައަޅާ ފޯމާއެކު، ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ، ވަރިކޮށްފައިވާނަމަ ވަރީގެ ސެޓްފިކެޓްގެ ކޮޕީ ހުށައަޅަންވާނެއެވެ.)

05 މާކުސް

 

05

3

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް

(ޚާއްޞައެހީއަށް ބޭނުންވާ ކުދިންކަމުގައި ބަލާނީ "އެންސްޕާ" ގައި ކުއްޖާ ރަޖިސްޓްރީކޮށްފައިވާ ނުވަތަ ސްޕެޝަލިސްޓް ޑޮކްޓަރަކު އެކުއްޖާއަކީ ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެއްކަމަށް ކަނޑައަޅައި، ދީފައިވާ ލިޔުމަކަށެވެ. އަދި އެފަރާތަކީ ނައިފަރުގައި ހިންގަމުންގެންދާ ތަޢުލީމުދޭ މަރުކަޒެއްގައި ތަޢުލީމް ޙާޞިލްކުރަމުންދާ ނުވަތަ އެފަދަ ތަނެއްގައި އަލަށް ރަޖިސްޓްރީކުރުމަށް ހުށައަޅައިފައިވާ ދަރިވަރަކަށް ވާންވާނެއެވެ.)

ކުއްޖަކަށް 5 މާކުސް

(01 ކުއްޖަކަށްވުރެ އިތުރުވިޔަސް ޖުމްލަ މާކުސް 05 އަށްވުރެ އިތުރެއް ނުވާނެއެވެ)

05

4

މަތީ ޘާނަވީއަށް ކިޔަވާ ދަރިވަރަކު ދަނާލުގައި ބެހެއްޓުމަށް ހުށައަޅައިފައިވާނަމަ

(މިކެޓަގަރީން މާކުސް ދިނުމުގައި ބަލާނީ ގްރޭޑް 11 އިން ފެށިގެން ގްރޭޑް 12 އަށް މަދުރަސަތުލް އިފްތިތާޙްގައި ކިޔަވަމުންދާ ނުވަތަ އަލަށް ރަޖިސްޓްރީކުރުމަށް ހުށައަޅައިފައިވާ ދަރިވަރުންނަށެވެ.) 

15 މާކުސް

(1ކުއްޖަކަށް ނަމަ 10މާކުސް،  2ކުދީން ނުވަތަ އެއަށްވުރެ އިތުރުވާނަމަ ޖުމްލަ މާކުސް 20އަށްވުރެ އިތުރެއް ނުވާނެއެވެ)

20

5

ނައިފަރުގައި ހިންގަމުންގެންދާ ޔުނިވަރސިޓީ ނުވަތަ ކޮލެޖެއްގައި ކިޔަވާ ކުއްޖަކު ބެހެއްޓުމަށް ހުށައަޅައިފައިވާނަމަ

(މިކެޓަގަރީން މާކުސް ދިނުމުގައި ބަލާނީ މަތީތަޢުލީމް ދިނުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޔުނިވަރސިޓީ ނުވަތަ ކޮލެޖަކުން ނައިފަރުގައި ހިންގާ ކޯހެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައިވާ ދަރިވަރުންނަށެވެ.) 

05 މާކުސް

 (1 ކުއްޖަކަށްވުރެ އިތުރުވާނަމަ ޖުމްލަ މާކުސް 05 އަށްވުރެ އިތުރެއް ނުވާނެއެވެ)

05

 

ދަނާލުގައި މިހާރު ދިރިއުޅެމުންދާ ފަރާތަކުން އަލުން އެޕާޓްމަންޓަށް އެދެފިނަމަ

(މިކެޓަގަރީން މާކުސް ދިނުމުގައި ބަލާނީ އެފަރާތަކުން ދަނާލަށް ދައްކަން ޖެހޭ ކުލީގެ ފައިސާއާއި، ފެންބިލްތަކުގެ ފައިސާ ބަރާބަރަށް ދައްކަމުން ގޮސްފައިވާނަމަ ފުރިހަމަ މާކުސް ދިނުމަށެވެ. އަދި އެޕާޓްމަންޓް ދޫކުރެވިފައިވާ ފަރާތް ނިޔާވެފައިވާ މިހާރު ދިރިއުޅޭފަރާތް އެދެފިނަމަ މި ކެޓަގަރީގައި ހިމެނޭނެއެވެ. މިގޮތުން ދެމަސްދުވަހުގެ ފައިސާ ނުދައްކައި އޮތްނަމަ މިބައިން އެއްވެސް މާކުހެއް ނުދެވޭނެއެވެ.)

15 މާކުސް

 

15

6

އިންޓަވިއުއަށް

(ދަނާލުން އެޕާރޓްމަންޓް ހޯދުމަށްއެދި ހުށައަޅާ ފަރާތްތަކާ ދަނާލުބޯޑުން ކަނޑައަޅާ ޕެންލަކުން އިންޓަވިއު ކުރާނެއެވެ.)

10 މާކުސް

10

28 އޮކްޓޯބަރ 2018

އެޕާޓްމަންޓްތައް ލިބޭނީ ފޯމުތައް އިވޭލުއޭޓް ކުރުމަށްފަހު، އެންމެ މަތީ މާރކްސް ލިބޭ ފަރާތްތަކަށެވެ.

28 އޮކްޓޫބަރު 2018
ހޯދާ