ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

 -

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް އެންޕްލޮއިމަންޓް (02 ދޭއް) އަހަރު

މަޤާމުގެ ރޭންކް:

ޖީ. އެސް 03

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 01

ސެކްޝަން:

ލ. ރެސިޑެންޝަލް ލާރނިންގ ސެންޓަރ އާއި ބެހޭ ބައި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

މުސާރަ:

4465.00ރ (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލެވަންސް:

1500.00ރ (އެއްހާސް ފައްސަތޭކަ ރުފިޔާ)

އިތުރު ޢިނާޔަތްތައް:

  1. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދަނާލަށް ލިބޭ އެންމެހާ ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.
  2. ދަނާލުގެ މެއިލް ޗެކުކުރުމާއި ދަނާލުން އެކިފަރާތްތަކަށް ފޮނުވާ މެއިލް ފޮނުވުން.
  3. ދަނާލުގެ ޚަރަދު ބިލް ރަޖިސްޓްރީ ބެލެހެއްޓުން.
  4. ދަނާލުގެ އިންވެންޓްރީ ޤަވާއިދު ބެލެހެއްޓުމާއި، ދަނާލުގެ ހަރުމުދާ ބެލެހެއްޓުން.
  5. ދަނާލު ބޯޑުގެ ބައްދަލުވުންތަކާއި އެހެނިހެން ބައްދަލުވުންތަކަށް ދެންނެވުން.
  6. ބޯޑު ބައްދަލުވުމާއި އެހެނިހެން ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  7. ބޯޑު ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ދެން އޮންނަ ބައްދަލުވުމަކަށް ޔައުމިއްޔާ ފާސްކުރުމަށް ހުށަހެޅުން.
  8. ދަނާލުގެ ބޭނުމަށް ހޯދަންޖެހޭ ތަކެތި/ ޚިދުމަތް ހޯދުމަށް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ހަދަންޖެހޭ ލިޔެކިޔުންތައް ހަމަކޮށް އެފަދަ ތަކެތި/ ޚިދުމަތް ހޯދުން.
  9. ދަނާލުން އެކިމަސައްކަތްތަކަށް ފަރާތެއް ހޯދުން/ ކަނޑައެޅުމުގައި ހަދަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުން.
  10. ދަނާލުގެ ބޭނުމަށް ހޯދާފައި ބަހައްޓައިގެން ބޭނުންކުރާ ތަކެތީގެ ސްޓޮކު ބެލެހެއްޓުމާއި ސްޓޮކު ބާކީ ޤަވާއިދުން ބެލެހެއްޓުން.
  11. ދަނާލު މުވައްޒަފުންގެ ޙާޟިރީ މަހުންމަހަށް ހެދުމާއި ހާޒިރީ ރެކޯޑު ބެލެހެއްޓުން.
  12. ހަޒިރީ ރިޕޯރޓު ހެދުން.
  13. މުސާރަޝީޓު މަހުންމަހަށް ހެދުމާއި މުސާރަ ޖަމާކުރުމުގެ މަސައްކަތްތައް ކުރުން.
  14. ދަނާލުގެ އެޕާރޓުމަންޓުތައް ކުއްޔަށް ދޫކުރުމަށް ހަދަންޖެހޭ އެއްބަސްވުންތައް ދަނާލު ބޯޑުގެ ރައީސްގެ ލަފާގެމަތިން ހެދުމާއި ކުއްޔަށް ހިފާ ފަރާތަށް އެޕާޓުމަންޓު ޙަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  15. ދަނުލުގެ ކުއްޔަށް ހިފާފައިވާ އެޕާރޓުމަންޓު ތަކުގެ ކަރަންޓު ބިލު ހަވާލުކުރުމަށް އޮންނަ މުއްދަތުގައި ޙަވާލުކުރުން.
  16. ދަނާލުގެ ފަރާތުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖްފަދަ ލިޔެކިޔުންތައް އެފަރާތްތަކާއި ޙަވާލުކުރުން.
  17. ދަނާލު ހިންގުމަށް ބޭނުންކުރާ ފޮތްތަކާއި ފައިލްތައް އަދި ލިޔެކުމަށް ބޭނުންކުރާ އެންމެހާ ތަކެތި ފުރިހަމަކޮށް ބެލެހެއްޓުން.
  18. ދަނާލު ބޯޑުން ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކުއްޔަށް ހިފާފައިވާ އެޕާރޓުމަންޓުތަކުގެ ބަލާ ފާސްކުރުމުގެ އެންމެހާ މަރުޙަލާއެއް ފުރިހަމަކުރުން.
  19.  

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކްނޑްރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. ކޮންޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރު.
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ހުރި ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސަރޓިފިކެޓު ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދިވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

       (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯރމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮކްޓޯބަރު 2018 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެއިލް އިންވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 02 ނޮވެންބަރު 2018 އާއި       04 ނޮވެންބަރު 2018 އާ ދެމެދު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ގައެވެ.   

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަގާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ (ވަޒީފާގެ ޝަރުތު ،ތައުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، ލިބިފައިވާ ހުނަރު ) ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމުލަ އިންސައްތަ، %45 (ސާޅިސް ފަހެއް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

 އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

22 އޮކްޓޫބަރު 2018
ހޯދާ