މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެދަށުން ބަލަހައްޓަވަމުންގެންދަވާ ދަރުބާރުގޭގެ ފާށަނާމާލަމުގެ އޭ.ސީ 08 އިންޑޯރ ޔުނިޓް ސަރވިސް ކުރުމާއި 02 އިންޑޯރ ޔުނިޓްއިން ފެންފައިބާތީ، މި މައްސަލަ ހައްލު ކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގެދަށުން ބަލަހައްޓަވަމުންގެންދަވާ ދަރުބާރުގޭގެ ފާށަނާމާލަމުގެ އޭ.ސީ 08 އިންޑޯރ ޔުނިޓް ސަރވިސް ކުރުމާއި 02 އިންޑޯރ ޔުނިޓްއިން ފެންފައިބާތީ، މި މައްސަލަ ހައްލު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޫބަރު 28 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ނޮވެންބަރު 04 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އޮކްޓޫބަރު 28 ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 2018 ނޮވެންބަރު 04 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 01 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

24 އޮކްޓޫބަރު 2018
ހޯދާ