ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް:  އެސިސްޓެންޓް މެނޭޖަރ، ގްރޭޑް 4 / ސީ.އީ.އޯ. ބިއުރޯ

ބޭނުންވާ އަދަދު : 01 (އެކެއް)

މުސާރަ/ މަހަކު :16,000.00ރުފިޔާ (މުސާރައާއި އެލަވަންސާއެކު)

 

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

 

މަޤާމުގެ ޝަރުޠު:

-          އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ:

-           ފައިނޭންސް، އެކައުންޓިންގ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ރާއްޖޭގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 6 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނޯޓް: ތަޖުރިބާގެ ގޮތުން މަޤާމަށް ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ ތަޢުލީމީ ސެޓްފިކެޓަށާއި އިންޓަވިއުގެ މާރކްސްތަކަށް ބަލައި އެންމެ މަތިން މާރކްސް ލިބޭފަރާތަކަށް މިވަޒީފާ ހަމަޖެއްސިދާނެއެވެ. އަދި މިމަޤަމަށް މީހަކު ހަމަޖެއްސުމުގައި ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތެއްނަމަ އިސްކަން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

-          ސީ.އީ.އޯ ބިއުރޯ ގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން

-          ސީނިއަރ އެގްޒކެޓިވް ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން

-          މީގެ އިތުރުން މާކެޓް ރެގިއުލޭޝަން އަދި މާކެޓް ތަރައްޤީކުރުމުގެ މަސައްކަތް

-          އޮތޯރިޓީގެ އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުން

-          ޤާނޫނީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-          އެޕްލިކޭޝަން ފޯމު

-          ކަރިކިއުލަމް ވިޓާ (ސީވީ)

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ

-          ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-          ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް.

-          ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

 

މުއްދަތު:

 

-          މިވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަނަކަށްފަހު މަސައްކަތަށް ރަނގަޅުނަމައެވެ.

 

ނޯޓު:

-          އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-          ވަޒީފާއަށް ހޮވޭފަރާތުން މެޑިކަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

-          މިމަޤާމަށް ހޮވޭ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) ހުށަހަޅަންވާނެއެވެ.

-          މިމަޤާމަށް މީހަކު ހޮވުމުން، ވަޒީފާ ހަމަޖެހުމުގެ ކުރިން މެޑިކަލް ރިޕޯޓް ހުށަހަޅަން ވާނެއެވެ. އަދި ވަޒީފާއަށް ހޮވާނީ، ކުށުގެރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ  5  އަހަރު ދުވަހު ކުށުގެ ރެކޯޑެއް ނެތްނަމައެވެ.

-           މީގެ ކުރިން އެހެން ވަޒީފާ އެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނުގެ ފަރާތުން މަސައްކަތް ކުރިކަމުގެ ލިއުން (މަސައްކަތަށް ފަރުވާތެރިކަން ބަހައްޓަފައިވާ މިންވަރާއި، ހާޒިރީ އާއި ޗުއްޓީނަގާފައިވާ ގޮތުގެ ރިކޯޑް އެގޭނެ ގޮތަށް) ހުށަހަޅަންވާނެއެވެ.

-          މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން4ނޮވެމްބަރު 2018 ވާ އާދީއްތަ ދުވަހުގެ 11:00 ގެކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް ސިޓީ ނުވަތަ ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

14 ޞަފަރު    1440

23 އޮކްޓޫބަރ  2018

23 އޮކްޓޫބަރު 2018
ހޯދާ