މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައިހުރި އޮފީސް މޭޒުތަކަކަށް ޑްރޯވަރ ހޯދައި ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައިހުރި އޮފީސް މޭޒުތަކަކަށް ޑްރޯވަރ ހޯދައި ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)138-AS6/1/2018/448 (09 އޮކްޓޫބަރު 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޫބަރު 24 ވާ ބުދަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރު 31 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.  

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އޮކްޓޫބަރު 24 ވާ ބުދަ ދުވަހުގެ 11:00 އިން ފެށިގެން 2018 އޮކްޓޫބަރު 30 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 30 އޮކްޓޫބަރު 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

21 އޮކްޓޫބަރު 2018
ހޯދާ