މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާޢީ މަސައްކަތްތަކަށް ބިމެއް ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

ސިނާއީ މަސައްކަތްތަކަށް ބިމެއްކުއްޔަށްދޫކުރުން

          މިރަށުގެ ސިނާޢީ ސަރަޙައްދުން (ރަށުގެދެކުނުކޮޅުން) އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 40671  އަކަފޫޓް ގެ 1 ބިން  ލުއި ސިނާޢީ މަސައްކަތްތަކަށް ކާރުޚާނާހެދުމާއި، ގުދަންހެދުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް ކުއްޔަށް ދިނުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯރމް ވިއްކުން

(ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް )

28 އޮކްޓޯބަރ 2018 ވާ އާދިއްތަ ދުވަހުން ފެށިގެން8 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން  

12 ނޮވެމްބަރ 2018  ވާ ހޯމަ ދުވަސް

މެންދުރު 13:00  

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

19 ނޮވެމްބަރ 2018  ވާ ހޯމަ ދުވަސް

މެންދުރު 13:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

          ބިޑްފޯރމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޮކްޓޫބަރު 2018
ހޯދާ