ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް

                                                                          ނަންބަރ (IUL)GS-29/2018/30) 

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

 

          މި މަދަރުސާއިން ދޭ ނަމޫނާއާއި އެއްގޮތަށް ދަރިވަރުން ބޭނުންކުރުމަށް އެކްޓިވިޓީ ޔުނީފޯރމް ހޯދައިދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެޑުން އޮންނާނީ ކަޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބުހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

މައުލޫމާތު ސާފްކުރުމާއި،އަންދާސީ ހިސާބް ހުށަހެޅުން

މި މަދަރުސާގެ އޮފީހުގައި                        

މައުލޫމާތު ސާފްކުރެއްވުން

21 އޮކްޓޫބަރ 2018 ވާ އާދީއްތަ ދުވަހުގެ11:00 ގައި

އަންދާސީ ހިސާބުހުށެހެޅުމާއި،އަންދާސީ ހިސާބް ކެޑުން

31 އޮކްޓޫބަރ ވާ ބުދަ ދުވަހުގެ 13:00 ގައި

 

މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި، އަދި  ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                      16 އޮކްޓޯބަރ 2018

16 އޮކްޓޫބަރު 2018
ހޯދާ