މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި ރުއްގަސް އިންދުމާއިބެހޭ

     މިރަށު ރައްޔިތުންގެ ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯއްޗާއި އެނޫންވެސް ބޭނުމަކު ނުވަތަ ކަމަކަށް އަދި މަސައްކަތަކަށް ދޫކޮށްފައިވާ ބިންތައް ފިޔަވައި މަގު،ގޯޅި، ހުސްބިންތައް އަދި ވަލުތެރެފަދަ ތަންތަނާއި ސަރަހައްދުތަކުގައި އެއްވެސް ފަރާތަކުން ށ.ޅައިމަގު ކައުންސިލުން ހުއްދަ ނުހޯދާ ރުއްގަސް އިންދުމަކީ 14 އޮކްޓޯބަރ 2018 ވަނަ ދުވަހުން ފެށިގެން މަނާކަމެއް ކަމުގައި ދަންނަވަމެވެ.

 

      އަދި އެއާ ހިލާފަށް އެކިފަރާތްތަކުން އިންދާ ހައްދާ ތަކެތި ނުވަތަ ރުއްގަސް އެތަނަކުން ނުވަތަ ސަރަހައްދަކުން، އިތުރު އެންގުމަކާ ނުލައި އެތަކެތި ނަގާ ނުވަތަ ނައްތާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި ހަމައެއާއިއެކު އެފަދަ ރުއްގަސް ކައުންސިލުން ނަގާ އެހެން ސަރަހައްދަކަށް ބަދަލުކުރާއިރު ނުވަތަ ނައްތާލާއިރު އެތަކެތީގެ އެއްވެސް ބަދަލެއް ކައުންސިލުން ހަމަޖައްސައި ދެވެން ނޯންނާނެކަންވެސް އަންގަމެވެ.

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 އޮކްޓޫބަރު 2018
ހޯދާ