ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުން

ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމާްއިގުޅޭ

   ވ.ރަކީދޫ ބަނދަރުގެ އިރުމަތީ ފަރާތުން "ތެޔޮވިއްކުމުގެ" ވިޔަފާރިކުރުމަށްޓަކާ 30 ފޫޓް 40 ފޫޓްގެ ބިމެއް 12 އަހަރު ދުވަހުގެ

މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

   ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 އޮކްތޯބަރު 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް

ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮކްތޯބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެ

ޅުއްވުމަށް ދަންނަވަމެވެ. އަދި ކުންފުނި،ލޯކަލްއިންވެސްޓްމަންޓް،ކުލަބް ޖަމުޢިއްޔާ، ނުވަވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރަޖިސްޓްރީ

ކޮށްގެން ހިންގާ ފަރާތްތަކާއި އަމިއްލަ ވަކި ފަރުދުންނަށްވެސް އަންދާސީ ހިސާބު ހުށަހެޅުއްވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު

ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވަހަކަވެސް ދަންނަވަމެވެ. މިކަމަށް

އެދި އަންދާސި ހިސާބު ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދުކުރުމަށްފަހު މި ކައުންސިލްގެ އިދާރާއަށެވެ.

   މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

   07 ޞަފަރު 1440

   16 އޮކްޓޯބަރ 2018

16 އޮކްޓޫބަރު 2018
ހޯދާ