މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ H6 ކެޓަގަރީން ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާންކުރުން

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢު "ހިޔާ" ގެ ދަށުން ކެޓަގަރީ H6 އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީގެ ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަޠުގައި، ފުލެޓަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކުރުމުގެ ގޮތުން އިޢުލާންކުރީމެވެ.

މިކެޓަގަރީއަށް ފޯމް ހުށަހެޅުއްވި 1795 ބޭފުޅުންގެ ތެރެއިން މިކެޓަގަރީން ފުލެޓް ދޫކުރުމަށް ކަނޑައެޅިފައިވާ ޢަދަދަކީ 500 އެވެ.

ފުލެޓް ލިބޭ ފަރާތްތަކުގެ ދާޢިމީ ލިސްޓް އިޢުލާންކުރެވޭނީ، ފުލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓަށް ކުރިމަތިލާފައިވޭތޯ ބަލައި، އެމައުލޫމާތުތައް ސާފުކުރުމުގެ އިތުރުން، މިކަމާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހު ކަމުގައި ދެންނެވީމެވެ. ޝަކުވާ ހުށަހަޅުއްވާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، 2018 އޮކްޓޯބަރ 14 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށެވެ. ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކަށް ލިޔުމުން ޖަވާބުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދާޢިމީ ލިސްޓް އިޢުލާންކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ދާޢިމީ ލިސްޓަށް އެއްވެސް ފަރާތެއް އަރުވާނަމަ އަރުވާނީ ވަގުތީ ލިސްޓުން އުނިކުރެވޭ ފަރާތްތަކުގެ ބަދަލުގައި، ވަގުތީ ލިސްޓުގައި މިހާރު ނުހިމެނޭ ފަރާތްތައް ތިބި ތަރުތީބަށް ބަލައިގެން ކަމުގައި ދަންނަވަމެވެ.

10 އޮކްޓޫބަރު 2018
ހޯދާ