މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިފުށީ ރައްޔަތުންގެ ރުއްގަނޑު ވަރުވާއަށް ދޫކުރުމާއި ބެހޭ

އިޢުލާން   

އަލިފުށީ ރައްޔަތުންގެ ރުއްގަނޑު ވަރުވާއަށް ދޫކުރުމާއި ބެހޭ

       އަލިފުށީ ރައްޔަތުންގެ  ރުއްގަނޑުވަރުވާއަށް ދޫކޮށްފައިވާ މުއްދަތު 18 އޮކްޓޫބަރު 2018 ގައި ހަމަވާތީ 3 ( ތިންއަހަރު) ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރުއްގަނޑުގައި ހިމެނިފައިވަނީ 60 ރުކެވެ.                                           

       މި ރުއްގަނޑުގެ އަހަރަކަށް ޖެހޭ ވަރުވާގެ ފެށޭ އަގަކީ -/5000 ރ އެވެ. މި އަގުގެ ތެރެއަށް އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު  -/200 ރ  އެވެ.

       މި ނީލަމަށް އިތުރުކުރެވޭ އަގަށް ބަދަލެއް ނައިސް ޖެހި ޖެހިގެން ބަންދު ނޫން ދެ ދުވަހު އެއް އަގެއް އޮވެއްޖެ ނަމަ އެ އަގު ހުށައެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

       މި ގޮތަށް ހުށައަޅާ އެންމެ މަތީއަގު އެދުވަހުގެ އިދާރާ ބަންދުވުމުގެ ކުރިން އިދާރާގެ ނޯޓީސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

       ވީމާ، މި ރުއްގަނޑު ވަރުވާއަށް ހިފަން ބޭނުންވާ ފަރާތްތަކުން މި އިދާރާއިން މިކަމަށް ދޫކުރާފޯމް މެދުވެރިކޮށް އަގުހުށައެޅުމަށް ދަންނަވަމެވެ. އަގު ފޯމް ހުށައެޅުންއޮންނާނީ ރަސްމީ ދުވަސްތަކުގައި ކޮންމެދުވަހެއްގެ 13.00 ގައި އަލިފުށީ ކައުންސިލްގެ އިދާރާ އަށެވެ.

       އަދި ފޯމް ހުށައަޅާފަރާތް ތަކުގެ ޙާޟިރުގައި އަގުތަޢް އިޢުލާނުކުރެވޭނެއެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

04 އޮކްޓޫބަރު 2018
ހޯދާ