ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުން.

އިޢުލާނު

ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުން.

ނިލަންދޫ ނަރުދަމާ ނިޒާމުގެ އިރުން އޮތް 28,000 (އަށާވީސް ހާސް) އަކަފޫޓޫގެ ބިން ދަނޑުވެރިކަން ކުރުމަށް މަހަކު އަކަފޫޓަކަށް 7 (ހަތެއް) ލާރިއަށްވުރެ ކުޑަނޫން ކުއްޔަކަށް، ދެފަރާތަކަށް 2 (ދޭއް) އަހަރަށް ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، ދަނޑުވެރިކަން ކުރުމަށް، މަތީގައި ދަންނަވާފައިވާ ސަރަޙައްދުން ބިން ކުއްޔަށް ހިފަން ޝައުޤްވެރިވާ ފަރާތްތަކުން 2018 އޮކްޓޫބަރު 9 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ނިލަންދޫ ނަރުދަމާ ނިޒާމުގެ އިރުން އޮތް ބިމުން ދަނޑުވެރިކަން ކުރުމަށް 14,000 (ސާދަހާސް) އަކަފޫޓުގެ ބިން ކުއްޔަށް ހިފުމަށްއެދި" މިހެން ލިޔަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                      23 މުޙައްރަމް 1440

                      03 އޮކްޓޫބަރު 2018

03 އޮކްޓޫބަރު 2018
ހޯދާ