ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ސްޕޯޓްސް މަސައްކަތް ތަރައްޤީކުރަން ބިން ކުއްޔަށް ދޫކުރުން.

އިޢުލާނު

 

ވޯޓަރ ސްޕޯޓްސް މަސައްކަތް ތަރައްޤީކުރަން ބިން ކުއްޔަށް ދޫކުރުން.

މިއިދާރާގެ ނަންބަރު (IUL)374-C/2018/108 (24 ސެޕްޓެންބަރު 2018) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ޢަދަދަށް މީހުން ޙާޟިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އެމަސައްކަތަށް އަލުން އިޢުލާނު ކުރަމެވެ.

ނިލަންދޫ ހަގުތުނޑިން ފެށިގެން އުތުރަށް ހިއްކިބިމުގެ ސަރަޙައްދުގެ ގޮނޑުދޮށުން ވޯޓަރ ސްޕޯޓްސް މަސައްކަތްކުރުމަށް 15,000 (ފަނަރަހާސް) އަކަފޫޓުގެ ބިން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ. ބިން ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 25 (ފަންސަވީސް) ލާރި އެވެ.

ވީމާ، ބިންކުއްޔަށް ހިފުމަށް ޝައުޤްވެރިވާ ފަރާތްތަކުން 2018 އޮކްޓޯބަރު 11 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޯބަރު 15 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ވޯޓަރސްޕޯޓްސް މަސައްކަތް ތަރައްޤީކުރުމަށް ބިން ކުއްޔަށް ހިފުމަށްއެދި" މިހެން ލިޔަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 މުޙައްރަމް   1440

03  އޮކްޓޯބަރު  2018

03 އޮކްޓޫބަރު 2018
ހޯދާ