މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Bandharun fen libeyne inthizaam hamajehsun

އިޢުލާން

 

މިރަށު ބަނދަރުން އޮޑިދޯނިފަހަރަށް ވަޅުފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ؛  

މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހެމާއި އެއްގޮތަށް މިރަށު ބަނދަރުން އޮޑިދޯނިފަހަރަށް ވަޅުފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 07 އޮކްޓޮބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށްފަހު 11 އޮކްޓޮބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

                  02 އޮކްޓޯބަރ 2018

02 އޮކްޓޫބަރު 2018
ހޯދާ