މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ފުލުހުންގެ ޓެކްޓިކަލް ޔުނިފޯރމް 01 އަދި 02 ފަހާދޭނެ ފަރާތެއް ހޯދުން

  1. މިސަރވިސްގައި މަސައްކަތްކުރާ ފުލުހުންގެ ޓެކްޓިކަލް 01 އަދި ޓެކްޓިކަލް 02 ޔުނިފޯރމް ފަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު 171-G1(b)IUL/2018/048 އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ  ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 އޮކްޓޯބަރ 03 ވާ ބުދަ ދުވަހުން ފެށިގެން 2018 އޮކްޓޯބަރ 07 ވާ އާދީއްތަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް  އެންޑް އެސެޓް މެނޭޖްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ (ސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 އޮކްޓޯބަރ 08 ވާ ހޯމަ ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 އޮކްޓޯބަރ 07 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 16 ވާ އަންގާރަ ދުވަހުގެ 11:00 ފައިނޭންސް  އެންޑް އެސެޓް މެނޭޖްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
  6. މިސަރވިސްގެ ނަމްބަރު 171-G1(b)IUL/2018/048 އިޢުލާނާއި ގުޅިގެން ބީލަންފޮތް ބައްލަވައިގަނެފައިވާ ފަރާތްތަކުން އަލުން ބީލަންފޮތް ބައްލަވައި ގަންނަވަން ނުޖެހޭނެވާހަކަ ދަަންނަވަމެވެ. ނަމަވެސް ބިޑް ވިއްކުމަށް ހަމަޖެހިފައިވާ މުއްދަތު ތެރޭގައި މިސަރވިސްއަށް ވަޑައިގެން ނަންނޯޓް ކުރަންވާނެއެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައި އާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
02 އޮކްޓޫބަރު 2018
ހޯދާ