ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެތްދޫ ރައްޔިތުންގެ ތެޔޮފިހާރަ ކުއްޔަށް ދޫކުުރުމަށް ބޭނުންވެއްޖެ

ބިލެތްދޫ ރައްޔިތުންގެ ތެޔޮފިހާރަ ހިންގި ޢިމާރާތް ބިޑް އުޞޫލުން ކުއްޔަށް ދޫކުރަން ބޭނުންވެއްޖެއެވެ. ތެޔޮފިހާރަ ނަންގަވާ ފަރާތަކުން އެ ޢިމާރާތުގައި ކުރަންޖެހޭނީ އިންޕޯޓްމުދަލުގެ ތެރޭގައި ހިމެނޭ ސިމެންތިއާއި،ދަގަނޑާއި ހިލައާއި، ހިލަވެލި، އަދި ކާޑުގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރިއެވެ. ޢިމާރާތް މަރާމާތު ކުރުމަކީ ކުއްޔަށް ނަގާފަރާތުން ކުރަންޖެހޭނެ ކަމެކެވެ. މަރާމާތުކުރުމަށް ދާ ޚަރަދު ކުލީގެ ފައިސާއިން ކެނޑޭނެއެވެ.

ވީމާ، މިކަމަށް އެދޭފަރާތަތަކުން 2018 އޮކްޓޯބަރ 17 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14.00 ގެކުރިން ކުލި ބަޔާންކުރަށްވައި މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ  ނަންބަރު 6740013 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

02 އޮކްޓޫބަރު 2018
ހޯދާ