މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ

އިޢުލާން

ކުނި އުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ

މިރަށުގެ ކުނި އުކާލުމާއި ކުނި ނައްތާލުމުގެ މަސައްކަތް ބިޑް އުސޫލުން ނެގި ފަރާތުން އެކަމުގެ ޢަމަލީ މަސައްކަތް މިއަދުވަނީ ފަށާފައެވެ. އާއްމު ކުނި ނެގުމަށް ހަފްތާގެ ދެދުވަސް ކަނޑައަޅާފައިވާ އިރު، ހަފްތާގެ ކޮންމެ ދުވަހަކުވެސް ބަދިގެ ކުނި ނެގުމުގެ މަސައްކަތް ކުރާނެކަމަށް އެކުންފުނީގެ ފަރާތުންވަނީ މަޢުލޫމާތު ދީފައެވެ. އެކުންފުނީގެ ކުނި ނެގުމުގެ ޚިދުމަތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އަދިވެސް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިޚިދުމަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ބަދިގެ ކުންޏާއި ނެޕީ، ކުނިކޮށީގައި އެކަމަށް ޚާއްޞަކޮށް، ބަހައްޓާފައިވާ ޑަސްބިނަށް އެޅުމަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރާ ފަރާތުން އެދެއެވެ. އަދި ކުނި މެނޭޖް ކުރާ ފަރާތުގެ ހުއްދަނެތި ކުނި އުކާލުމުގެ ޚިދުމަތް އެއްވެސް ފަރާތަކުން ދިނުމަކީ މިއަދުން ފެށިގެން މަނާކަމެއްކަމުގައި ދަންނަވަމެވެ.

ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކުރާ ގަޑިތައް

ކުނީގެ ބާވަތް

ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތައް

ކުނި ނެގުމަށް ހަމަޖެހިފައިވާ ދުވަސްތައް

އާއްމު ކުނި

މެންދުރު ފަހު 13:00 – 16:00 އަށް

ބުދަ، ހޮނިހިރު

ބަދިގެ ކުނި އަދި ނެޕީ

ހެނދުނު 8:00 – 12:00 އަށް

ހަފްތާގެ ހަތް ދުވަސް

މިޚިދުމަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ކުނި އުކާލާ ގަޑިތައް

ކުނީގެ ބާވަތް

ގަޑިތައް

ދުވަސްތައް

ފީނެގުން

އާއްމު ކުނި

ހެނދުނު 8:00 – 10:00 އަށް

ހުކުރު، ހޯމަ

ގޭޓް ފީއެއް ނެގޭނެ

ބަދިގެ ކުނި އަދި ނެޕީ

ހެނދުނު 8:00 – 17:00 އަށް

ހަފްތާގެ ހަތް ދުވަސް

ހިލޭ އުކާލެވޭ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވޭސްޓް މެނޭޖްމަންޓް ސަރވިސްގެ ނަންބަރު 9436293 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                             

01 އޮކްޓޫބަރު 2018
ހޯދާ