ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާގައި ޕަމްޕު ހައުސްއެއް ގާއިމް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން ނަމްބަރ: IUL-D/423/2018/ 45  

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ނޭޝަނަސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރިއަށްގެންދާ ރަށްތަކުގައި ފެން ބޮޑުވުމުގެ ހާދިސާތަކަށް ވިލުންވެރިކަން އިތުރުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ފަރެސްމާތޮޑާގައި ފެންހިއްކުމަށް ބޭނުންވާ އާލާތްތައް ބޭނުންކުރުމާއި ބެލެހެއްޓުމަށް ފެންހިއްކާ ޕަމްޕް ހައުސްއެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން  03 އޮކްޓޯބަރ 2018  ވާ އަންގާރަަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޯބަރ 2018 ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ފަރެސްމާތޮޑާގައި ޕަމްޕު ހައުސްއެއް ގާއިމްކުރުމުގެ މަސައްކަތް "  މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މުޙައްރަމްް     1440

30 ސެޕްޓެމްބަ ރ  2018

30 ސެޕްޓެންބަރު 2018
ހޯދާ