ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އެސިސްޓަންޓް ރިސަރޗް އޮފިސަރ

 

`

 

ދިވެހިބަހުގެ އެކެޑަމީ

  މާލެ، ދިވެހިރާއްޖެ.

    

                                     ނަންބަރު: IUL)430-DBA-I/1/2018/20) 

 

އިޢުލާނު

 

 

މަޤާމް:

އެސިސްޓެންޓް ރިސަރޗް އޮފިސަރ

މަޤާމުގެ ނަންބަރު:

J-270182

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ތާރީޚާބެހޭބައި

މަޤާމް އޮތް އޮފީސް:

ދިވެހިބަހުގެ އެކެޑަމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ / މާލެ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލެވަންސް:

1500.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

700.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންގެ ބައިވެރިވުން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި މައިގަނޑު ވާޖިބުތައް:

  1.  ބަހުގެ ރިސަރޗް ހެދުމަށްޓަކައި އެކެޑަމީން ރާއްޖެއާއި ރާއްޖޭން ބޭރަށް ހުށަހަޅާ ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި އެހީތެރިވުން.
  2. ބަހުގެ ރިސަރޗް ހެދުމަށްޓަކައި ބޭނުންވާ ޑޭޓާ ނެގުމުގައި އެހީތެރިވުން.
  3. ބަހުގެ ދިރާސާ ކުރުމުގައި ތަންތަނަށްގޮސް ހޯދަންޖެހޭ މަޢުލޫމާތު ހޯދައި އެއްކުރުން.
  4. ރިސަރޗްތަކުން ހޯދާ މަޢުލޫމާތާއި ލިޔެކިޔުންތަކާއި، އޯޑިއޯ އަދި ވީޑިއޯ ފަދަ ތަކެތި، އޭގެ ޞައްޙަކަން ނުގެއްލޭގޮތަށް އަދި ސިއްރު ހިފެހެއްޓޭނެހެން ރައްކާތެރިކަމާ އެކު ބެލެހެއްޓުން.
  5. ރިސަރޗް މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެކެޑަމީން ކަނޑއަޅާ އުސޫޅެއްގެ މަތިން އެ ފަރާތްތަކަށް ފޯރުކޮށްދިނުން.
  6. ބަހުގެ ތަފާތު ދިރާސާތައް ކުރުމަށްޓަކައި އެކަށައަޅާ ބަޖެޓުގެ ތެރެއިން މަސައްކަތް ރާވައި ހިންގުމުގައި އެހީތެރިވުން.
  7. ބަހުގެ ރިސަރޗް ރިޕޯޓު، ޕްރެޒެންޓޭޝަން އަދި އާޓިކަލްތައް ތައްޔާރު ކުރުމުގައި ރިސަރޗް ހަދާ ފަރާތްތަކަށް އެހީތެރިވުން.
  8. ދިވެހިބަސް ކުރިއެރުވުމަށްޓަކައި ކުރިޔަށް ގެންދާ ތަފާތު މުބާރާތްތަކާއި ބަހުގެ ތަރައްޤީއަށް ހިންގާ ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  9. އެކެޑަމީން ހިންގާ ބަހާ ގުޅުންހުރި ތަފާތު ކޯސްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  10. ދިވެހިތާރީޚަށް އަހުލުވެރިކުރުމަށްޓަކައި އެކެޑަމީން ހިންގާ އެކި ކޮމެޓީތައް ހިންގުމުގައި އެހީތެރިވުން.
  11. ސަރުކާރުން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

 

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ  ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް ދިވެހިބަހުގެ އެކެޑަމީގެ  ވެބްސައިޓުން ލިބެންހުންނާނެ.

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3028000/3028013 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

30 ސެޕްޓެންބަރު 2018
ހޯދާ