ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިޔުނިޓީ ހެލްތް އޮފިސަރ/ ގއ.ނިލަންދޫ ސިއްޙީމަރުކަޒު

ގއ.އަތޮޅު ހޮސްޕިޓަލް

   ގއ ވިލިނގިލީ ، ދިވެހިރާއްޖެ

                      ނަންބަރު: IUL)GAAH/2018/15)

އިޢުލާން                       

ގއ. ނިލަންދޫ ސިއްޙީމަރުކަޒުގެ ކޮމިޔުނިޓީ ހެލްތް އޮފިސަރ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު

J-296872

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ހެލްތް ސަރވިސަސް ސެކްޝަން

މަޤާމު އޮތް އޮފީސް

ގއ. ނިލަންދޫ ސިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. ނިލަންދޫ ސިއްޙީމަރުކަޒު

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

1100/- ރުފިޔާ

އެހެނހެން އެލަވަންސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ހެލްތް މާސްޓަރ ޕްލޭނާއި އެހެނިހެން ޤައުމީ / ސްޓްރެޓެޖިކް ޕްލޭންތަކަށް ރިޢާޔަތްކޮށް، އެއާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް، ސްކޫލްތަކާއި ކައުންސިލާއި، އެކި ޖަމްޢިއްޔާތަކާ ގުޅިގެން ރަށުފެންވަރުގައި ޢަންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން
  • އާންމު ސިއްޙަތާއި ގުޅުންހުރި މަސައްކަތްތަކުގައި ރަށަށް ޒިޔާރަތްކުރާ ޓިމްތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  • ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ، އެ ރޯގާ ކޮންޓްރޯލްކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމާއި، ކަމާބެހޭ ފަރާތްތަކަށް އެ މަޢުލޫމާތު އަންގައި، އެފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުން.
  • ޙަވާލުކުރެވޭ ޕްރީ އެނަލިޓިކަލް ޕްރޮސެސްތައް ޓެކްނޮލޮޖިސްޓެއްގެ ސުޕަރވިޝަންގެ ދަށުން ކުރުން.
  • ރަށުފެންވަރުގައި ޞިއްޙީގޮތުން ކުރެވޭ މަސައްކަތްތައް މަހަކު 1 ފަހަރު ރަށު ކައުންސިލާ ހިއްސާކޮށް، ކޮންމެ 3 މަހުން އެއްމަހު ބައްދަލުކޮށް މަޝްވަރާކޮށް، ކައުންސިލާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ދުވަހުން ދުވަހަށާއި، މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، އެތަކެތި ރަށުފެންވަރުގައި ދިރާސާކުރުމަށްފަހު ގަވާއިދުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީއަށް ފޮނުވުމާއި، ޕަބްލިކް ހެލްތުގެ މަސައްކަތްތަކާ ގުޅިފައިވާ ޑޭޓާބޭސްތައް ގަވާއިދުން އަޕްޑޭޓްކުރަމުން ގެންދިއުން.
  • ރަށުފެންވަރުގައި ކާރިސާތަކާއި އެކިއެކި ހާދިސާތަކުގައި ޕަބްލިކް ހެލްތު ޔުނިޓުން ޢަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވައިލައި، އެއަށް ޢަމަލުކުރުން
  • ޤައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން އަތޮޅު ރަށުފެންވަރުގައްޔާއި ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  • ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި، ސްކޫލާއި، އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނަގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުނަނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް ގއ. ނިލަންދޫ ސިއްޙީމަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅާނީ 8 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ގއ. ނިލަންދޫ ސިއްޙީމަރުކަޒައް ހުށަހެޅުން އެދެމެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 އޮކްޓޯބަރ 9  އާއި 2018 އޮކްޓޯބަރ  20 އާ ދެމެދު ގއ. ނިލަންދޫ ސިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅުއްވާނީ  6824753، 6820070 ނަމްބަރ ފޯނަށެވެ. އީ-މެއިލް ކުރާނ[email protected] <[email protected]>;އަށެވެ.  

29 ސެޕްޓެމްބަރ 2018 (19 މުޙައްރަމް) 1440                        

 

29 ސެޕްޓެންބަރު 2018
ހޯދާ