މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރގެ މަގާމް

c                                      

 

 

"އިޤްތިޞާދީ ފުދުން ތެރިކަން – އިޖްތިމާޢީ ހަމަޖެހުން"

 

 

Secretariat of the Mulakatholhu Naalaafushee Council

         M.Naalaafushi, Republic of  Maldives

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ                                                  

      ނާލާފުށި،                                            

     ދިވެހިރާއްޖެ                                    ނަންބަރ:  (IUL)366/2018/25

 

 

 

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

              މިއިދާރާގެ ނަންބަރު (21-6-2018) (IUL)366/2018/19 ގެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން މިވަޒީފާއަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަގާމް:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-295121

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމު އޮތް އޮފީސް:

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 6،295:00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000:00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  4. މަޤާމަށް ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތަކުގެ ތެރެއިން ކޯ ޑިސިޕްލިންގެ ތަޢުލީމީ ރޮނގު ގެ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ ޓެކްނިކަލް ކޯ ގެ ގޮތުގައި މުސާރައިގެ %28
  5. ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900:00 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

  1. އެކައުންޓިންގ ނުވަތަ ފައިނޭސިންގ އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް

  1. އިދާރާ ހުޅުވަންޖެހޭ ރަސްމީ ގަޑިތަކުގައި އިދާރާ ހުޅުވާ ލެއްޕުން.
  2. ކައުންސިލް އިދާރާއަށް އެކިއެކި ފަރާތްތަކުންދައްކާ ފައިސާއާއި، ކަރަންޓްފީއަށް ދައްކާ ފައިސާ ބަލައިގަތުން.
  3. ޗެކް ހެއްދުމާއި، ހުސްވާ ޗެކްފޮތްތަކާއި،ރަޝީދު ފޮތްތައް، ތާރީޚުގެ ތަރުތީބުން ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. ކައުންސިލް އިދާރާގެ  އެކައުންޓްތަކާއި، ރައްޔިތުންގެ އެކައުންޓްތައް ބެލެހެއްޓުން.
  5. ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތައް ބެލެހެއްޓުމާއި، އެ އެކައުންޓްތަކުގެ އައިޓަމް ތަކުުގެބާކީ ޤަވާޢިދުން ބެލެހެއްޓުން.
  6. އިދާރާގެ ބަޖެޓް އައިޓަމްތަކަށް ފައިސާ އިތުރު ކުރުމަށާއި އުނިކުރުމަށް ބަޖެޓް ކޮންޓްރޯލް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
  7. އައިޓަމްތަކުގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚްތަކަށް ފޮނުވުން.
  8. އިދާރާގެ އެކައުންޓްތަކާއި،ރައްޔިތުންގެ އެކައުންޓުން ޚަރަދުކުރުމަށް ނަގަންޖެހޭ ފައިސާ ޚަރަދު ކުރުމަށް ލިޔަންޖެހޭ ވައުޗަރތައް ލިޔުން.
  9. އިދާރާއިން އެކިއެކި ފަރާތްތަކާ ޙަވާލުކުރަންޖެހޭ ފައިސާ ވީއެންމެއަވަހަށް އެޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.
  10. ކައުންސިލް އިދާރާގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީގެ  ތަޅުދަނޑި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  11. މަގުމަތީގައި ދުއްވާއެއްޗެތި ދުއްވަންވީ އުޞޫލްތަކާއި ޚިލާފު ވެގެން ކަމާއިބެހޭ ފަރާތްތަކުން ކުރާ ޖޫރިމަނާ ފައިސާ ނެގުމާއި، ޢާއްމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުންދޭ ޚިދުމަތްތަކަށް ސަރުކާރުގެ ކަމާއިބެހޭ ވުޒާއިން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ފީނަގަންޖެހޭ ފަރާތްތަކުން ފީނެގުމާއި ބަލައިގަތުން.
  12. ގަނޑިޖެހޭ މުވައްޒަފުންގެ އަތުން ނަގަންޖެހޭ ގަޑީލާރި ޤަވާޢިދުން ނެގުން.
  13. މަހަކު އެއްފަހަރު ސްޓޭޓް މަންޓްތައް އެކައުންޓާ އެއްގޮތަށް ހުރިތޯ ބަލާ ޗެކްކުރުން.
  14. އިދާރާގެ އެކައުންޓްތަކާއި ގުޅޭގޮތުން ފައިލްކުރަންހުރި ވައުޗަރ،ބިލް،ރިޕޯޓް އަދި އެނޫންވެސް ތަކެތި ހުއްދަދޭ ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  15. އިދާރާގެ ބަޖެޓުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދޫކުރުން.
  16. ރަށުގެ މާލިއްޔަތު އެކައުންޓަށް ލިބޭފައިސާ ބަލައިގަނެ އަތޮޅު ކައުންސިލަށް ފޮނުވުން.
  17. ފައިސާ ލިބޭގޮތަށް ރަށުގައިހުރި ތަންތަނުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  18. މަސްދުވަހުގެ ފައިސާގެ ރިޕޯޓްތައްތައްޔާރުކޮށް ކޮންމެ މަހެއްގެ 10 ގެކުރިން ފިނޭންސް މިނިސްޓްރީއަށާއި، އޯޑިޓް އޮފީހަށާއި، އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުން.
  19. އިދާރާގެ ބެލުމުގެ ދަށުން މުސާރަ ދޭންޖެހޭ މުވައްޒަފުންނަށް މުސާރަދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ މުސާރަ ޝީޓްތައް ތައްޔާރުކޮށް ފެށޭމަހުގެ 20 ގެކުރިން ފިނޭންސް މިނިސްޓްރީއަށް ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުން.
  20. ކޮންމެމަހެއް ނިމޭދުވަހު ރީކޮންސިލިއޭޝަން ބާކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.
  21. އަންނައަހަރަށް ލަފާކޮށް ހަދާ ކައުންސިލްގެ ބަޖެޓާއި އިދާރީ ބަޖެޓް ކައުންސިލްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ޖުލައި މަހުގެ 31 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށާއި، އެލް،ޖީ.އޭ އަށާއި، އަތޮޅު ކައުންސިލަށް ފޮނުވުން.
  22. ތިޖޫރީ ހަފްތާ ރިޕޯޓް ތައްޔާރުކޮށް،ކޮންމެ އާދީއްތަ ދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުން.
  23. ކޮންމެ އެކައުންޓެއްގެ އަހަރީ ހިސާބު 31 ޑިސެމްބަރުގެ ނިޔަލަށް ތައްޔާރުކޮށް ހިނގާ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ކައުންސިލް އިދާރާއަށާއި،މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން.
  24. އިދާރާގެ އަހަރީ ބަޖެޓް ކައުންސިލަށް ހުށަހަޅައިގެން ޖެނުއަރީ 15 ގެ ކުރިން ފާސްކުރުމަށް ފަހު ފިނޭންސް މިނިސްޓްރީއަށާއި، އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުން.
  25. ލިބޭ ޢާއްމުދަނީގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފެށޭ އަހަރުގެ ޖެނުއަރީ 10ގެކުރިން އަތޮޅު ކައުންސިލަށް ފޮނުވުން.
  26. އިދާރާގެ އެކައުންޓާއި، ރަށު ރައްޔިތުންގެ އެކައުންޓްބާކީ އެނގޭގޮތަށް ފާއިތުވި މަހުގެ ރިޕޯޓް ހިނގާމަހުގެ 10ގެ ކުރިން ތައްޔާރުކޮށް ޢާއްމުންނަށް ފެންނަގޮތަށް ބެހެއްޓުން.
  27. ފާއިތުވި އަހަރުގެ އޯޑިޓް ރިޕޯޓް ކަނޑައެޅޭ އުޞޫލެއްގެ މަތިން ތައްޔާރުކޮށް ހިނގަމުންދާ އަހަރުގެ ފެބުރުއަރީ 28ގެ ކުރިން އަތޮޅު ކައުންސިލަށް ހުށަހެޅުން.
  28. ރަށުތަރައްޤީ ޕްލޭނާއެކު ފޮނުވަންޖެހޭ ފައިނޭޝަނަލް ޕްލޭން ތައްޔާރުކޮށް އޮގަސްޓްގެ ނިޔަލަށް އަތޮޅު ކައުންސިލަސް ފޮނުވުން.
  29. އިދާރާގެ މާލީ ބަޔާން ތައްޔާރުކޮށް މާރޗް މަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީ އަށާއި، އެލް.ޖީ.އޭ އަށާއި، އަތޮޅު ކައުންސިލަށް ފޮނުވުން.
  30. އެސިސްޓެންޓް ޑިރެކްޓަރ ޗުއްޓީގައި ނުވަތަ ސަލާމުގައި ނުވަތަ ރަސްމީ ދަތުރެއްގައި ހުންނަވާ ދުވަސްތަކުގައި، އެސިސްޓެންޓް ޑިރެކްޓަރ  އިދާރާގައި އަދާކުރައްވާ މަސްއޫލިއްޔަތުތައް އަދާކުރުން.
  31. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރެއްގެ ޙައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  32. ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުމާއި އިދާރާގެ މަސައްކަތު ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިއިދާރާއިން ލިބެން ހުންނާނެއެވެ.)
  2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ  މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

  • ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަގާމަށް އެދެންވީ ގޮތާއި

ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު ނާލާފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާގެ ފޯމް ބަލައި ގަނެވޭނެއެވެ.  

އިންޓަރވިއު، އިމްތިހާނު

އަދި ޕްރެޒެންޓޭޝަން

އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 އޮކްޓޯބަރ 2018 އިން 18 އޮކްޓޯބަރ 2018 އާއި ދެމެދު، މުލަކަތޮޅު ނާލާފުށީ ކައުންސިލް އިދާރާގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 05 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

އިންސައްތަ:

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %45 (ސާޅީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6720034 ގެ ނަންބަރު ފޯނާއެވެ. ފެކްސް ކުރައްވާނީ 6720034 އެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.  

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 މުޙައްރަމް 1440

27 ސެޕްޓެމްބަރ 2018

 

 

 

 

                                                                        އަޙްމަދު ސަޢީދު

                                                                      ކައުންސިލްގެ ނައިބު ރައީސް

27 ސެޕްޓެންބަރު 2018
ހޯދާ