ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއޭޖެންސީގެ ދަށުން ޏ.ފުވައްމުލަކުގައި ހިންގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ސެކިއުރިޓީ 2 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                ނަންބަރު: IUL)434-A/434/2018/108)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

   މިއޭޖެންސީގެ ދަށުން ޏ.ފުވައްމުލަކުގައި ހިންގަމުންދާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ސެކިއުރިޓީ 2 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް 03 ސެޕްޓެންބަރު 2018 ގައި ކޮށްފައިވާ ނަންބަރު: IUL)434-A/434/2018/100) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަވާ ތިން އަންދާސީ ހިސާބު ނެތުމުން އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް (މިސްކިތްމަގު، ޏ.ފުވައްމުލައް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

 

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

  01 އޮކްޓޫބަރު 2018

ހޯމަ

11:00 (މެންދުރުކުރި)

އަންދާސީ ހިސާބު ހުށަހެޅުއްވުން

03 އޮކްޓޫބަރު 2018

ބުދަ

11:00 (މެންދުރުކުރި)

 

 

 

25 ސެޕްޓެންބަރު 2018
ހޯދާ