މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޢުލާން

7 ސެޕްޓެންބަރު 2018 ވަނަ ދުވަހު "ސިނަމާލެ ބުރިޖު" ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ. އަދި މި ސަރަހައްދު މޫދުގައި ބުރިޖު އެޅުމަށްޓަކައި ވަގުތީގޮތުން ތައްޔާރުކުރެވިފައިވާ ޓްރެސްޓަލް ބުރިޖާއި، ބުރިޖާއި ގުޅިފައިވާ އާލާތްތައް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އެހެންކަމުން، މި އާލާތްތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާ މި ދަނޑިވަޅުގައި، ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުމަކީ ނުރައްކާތެރިކަމަކަށް ވުމާއިއެކު، މި މަސައްކަތް ނިމެންދެން، ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރު ކުރުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އިޢުލާން ކުރަމެވެ.

20 ސެޕްޓެންބަރު 2018
ހޯދާ