ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއޭޖެންސީއަށް ބޭނުންވާ 2 (ދޭއް) ވޯކިންގ ސްޓޭޝަން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                                             ނަމްބަރު:  IUL)434-PRC/434/2018/110)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

                 މިއޭޖެންސީއަށް ބޭނުންވާ 2 (ދޭއް) ވޯކިންގ ސްޓޭޝަން ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރު IUL)434-PRC/434/2018/102)  (ތާރީޙް: 13 ސެޕްޓެމްބަރ 2018) އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 3 ފަރާތުން ވަޑައިގަންފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                 ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ / އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

27 ސެޕްޓެމްބަރ 2018

ބުރާސްފަތި

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

02  އޮކްޓޯބަރ  2018

އަންގާރަ

11:00 (މެންދުރުކުރި)

         

20 ސެޕްޓެންބަރު 2018
ހޯދާ