ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

            މިސްކޫލްގެ އޮފީހުގައި ރިސެޕްޝަން އޭރިއާއެއް ހެދުމަށް ބޭނުންވެގެން ކުރެވުނު މިސްކޫލްގެ ނަންބަރ: IUL)IM/1/2018/26) އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދުވުމުން އެސްޓިމޭޓް ހުށައެޅުމަށް ފުރުޞަތު ދެވިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11.00 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެމްބަރ 2018 ވާ  އާދީއްތަ ދުވަހުގެ ހެނދުނު 11.00 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. 

20 ސެޕްޓެންބަރު 2018
ހޯދާ