ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ނީލަން ކިޔުމާބެހޭ

                 

 ރުއްގަހުގެ ނީލަން ކިޔުމާބެހޭ

                  ބުރުނީގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުއާއި ފެންޕްލާންޓްގެއަށް ދަތިވާގޮތަށް ހުރި ( 1 ން 15 އަށް) ފެހިކުލައިގެ ސްޕްރޭއިން ނަމްބަރުޖަހާފައިވާ  15 ރުކުންވާ ދަތި ފިލުވުމުގެ ގޮތުން ރުއްތައް ނީލަމުންނަގައި  ކަޑައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                  މިރުއްތަކުގެ ނީލަން ކިއުން އޮންނާނީ 27 ސެޕްޓެންބަރު 2018  ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.

                  ވީމާ، މިނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް ބުރުނީ ފެންޕްލާންޓް ކައިރިއަށް ވަޑައިގެން ދެއްވުން އެދެމެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                          09  މުޙައްރަމް   1439   

                                         19  ސެޕްޓެންބަރު   2018

19 ސެޕްޓެންބަރު 2018
ހޯދާ