މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެއަރކޯން ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

      މިކުންފުނީގެ މައި ޢިމާރާތުގައި ހަރުކުރެވިފައި ހުރި އެންމެހާ އެއަރކޮންޑިޝަނަރ ސާރވިސްކޮށް ދިގުމުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 152ADM-HR/MPL/2018/  (26 އޮގަސްޓް 2018)ގެ އިޢުލާނާއި ގުޅިގެން އަންދާސީ ހުށަހެޅި ފަރާތްތަކުގެ އަގުބޮޑު ކަމަށް ފެންނާތީ މިނަންބަރު އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. 

 

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ  19 ވާ ބުދަ  ދުވަހުގެ  14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2018 ސެޕްޓެމްބަރ  26 ވާ ބުދަ ދުވަހުގެ 14:00އަށް މިކުންފުނީގެ 5ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

13 ސެޕްޓެންބަރު 2018
ހޯދާ