ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހދ.ހިރިމަރަދޫ އަދި ހދ.ފިނޭގައި އެސްޓީއޯ ފާމަސީއެއް (ޕްރީފެބްރިކޭޓެޑް ފާމަސީއެއް) އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން:  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2018 ސެޕްޓެމްބަރ 17 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެސްޓީއޯ ކުޅުދުއްފުށި ފާމަސީ   ނުވަތަ އެސްޓީއޯ ހިރިމަރަދޫ ފާމަސީ ނުވަތަ އެސްޓީއޯ ފިނޭ ފާމަސީއަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ސެޕްޓެމްބަރ 17 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ސެޕްޓެމްބަރ 18 ވާ އަންގާރަ ދުވަހުގެ ތިރީގައިވާ އެސްޓީއޯ އައުޓްލެޓް ތަކުގައި އޮންނާނެއެވެ.

ހދ.ކުޅުދުއްފުށި ފާމަސީ،  ގަޑި: 10:00

ހދ.ފިނޭ ފާމަސީ،      ގަޑި: 10:30

ހދ.ހިރިމަރަދޫ ފާމަސީ،  ގަޑި: 11:30

ސުވާލާއި ޖަވާބު:  ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 ސެޕްޓެމްބަރ 19 ވާ ބުދަ ދުވަހުގެ 16:00  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ސެޕްޓެމްބަރ 20 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:  ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ސެޕްޓެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި ހދ.ކުޅުދުއްފުށީ ފާމަސީގައެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށާއި، މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:  3344180 / 3344321

ފެކުސް:  3344633

އީމެއިލް:  [email protected]

12 ސެޕްޓެންބަރު 2018
ހޯދާ